ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 17:04
މުހައްމަދު ސައިމަން
މުހައްމަދު ސައިމަން
ރައީސް އޮފީސް ޓްވިޓާ
އެޗްޑީސީ
ސައިމަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކޮށް އެހެން މަގާމަކަށް!
އެޗްޑީސީން ހުސްވި މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރީ އަހްމަދު ނާސިފް

ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންެނެވި،މުހައްމަދު ސައިމަން އެ މަގާމުން ވަކިކޮށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަން ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރެއްވި އިރު، އެޗްޑީސީން ހުސްވި މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރުކަމުގައި ހުންނެވި އަހްމަދު ނާސިފެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންއަކީ ސަރުކާރުގެ ދެ ކުންފުނި ކަމުގައިވާ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި ގުޅީފަޅު އިންވެސްޓްމެންޓް ލިމިޓެޑް އެއްކޮށްލައިގެން މި އަހަރުގެ މާޗް މަހުގައި އުފައްދާފައިވާ ކުންފުންޏެކެވެ.

ސައިމަންއަކީ 2014 ވަނަ އަހަރުގެެ ކުރީކޮޅުން ފެށިގެން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރުކަން ކުރައްވަމުން ގެންދެވި ބޭފުޅާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް