ކަށިކެޔޮ މިލްކް ޝޭކް
10 ޖޫން 2018 | އާދީއްތަ 14:34
ކަށިކެޔޮ މިލްކް ޝޭކް
ކަށިކެޔޮ މިލްކް ޝޭކް
ޓޭސްޓްމޭޑް

ބޭނުންވާނެ ތަކެތި:

  1. ހަތް ކަށިކެޔޮ
  2. އެއް ދަޅު ގެރިކިރު
  3. އެއް ޖޯޑު ފުލް ކްރީމް މިލްކު
  4. އެއް ޖޯޑު އައިސް ކިއުބް
  5. ފަސް މޭޒުމަތީ ސަމްސާ ވެނީލާ އައިސްކްރީމް

 

ހައްދަވާނޭގޮތް:

ފުރަތަމަ ކަށިކެޔޮވަށް ރަނގަޅަށް ދޮވެލާފައި ތުނިކޮށް ކޮށާލާށެވެ. އަދި ބައި ޖޯޑު ކިރާއެކު މިކްސްޗަރުން ގިރާލުމަށް ފަހު ނަރުތައް ވަކިވާ ވަރަށް ރަނގަޅަށް ފުރާނާލާށެވެ. ދެން ބާކީހުރި ކިރުފޮދާއި، އައިސް ކިއުބްކޮޅާއި ގެރިކިރު އެއްކޮށްލުމަށް ފަހު ފުރާނާފައި ހުރި ކަށިކޭލުކޮޅާ އެއްކޮށް މިކްސްޗަރަށް އަޅައި ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު އަނެއްކާވެސް އައިސްކްރީމްކޮޅު އަޅާފައި ކުޑަކޮށް ގިރާލާށެވެ. ދެން ތައްޓަށް އެޅުމަށްފަހު ކޮންމެ ތައްޓަކަށް ގާނިޝްކުރުމަށް އައިސްކްރީމް ސްކޫޕެއް އަޅާލާށެވެ.

- ކޮމެންޓް
9 އޭޕްރިލް 2021 | ހުކުރު 02:03
މަރިޔަމް ރީސާ މުހައްމަދު
މި ބުއިން ވަރަށް ބޮޑަށް މީރު. މި ބުއިމުގެ ރަހަލިބުން ހިތަށް އެރި މި ކަހަލަ ގޮތަކަށް މީރު ބުއިމެއް ތައްޔާރު ކުރީ ކިހިނެއް ބާވޭ. މިހާ ފުރިހަމަކޮށް. ތިކުރި ހިވަރައް ހަމަ އަސަރި ބަހާ ސާބަސް!