ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 17:00
ގާލް ގައިޑް އެސޯސިއޭޝަނުން ޚާއްސައެހީއަށް ބޭނުންވާ މަރުކަޒަށް ތަކެތި ހަދިޔާ ކުރުން
ގާލް ގައިޑް އެސޯސިއޭޝަނުން ޚާއްސައެހީއަށް ބޭނުންވާ މަރުކަޒަށް ތަކެތި ހަދިޔާ ކުރުން
އަޒްލިފާ އަބްދުﷲ
ގާލްގައިޑް
ގާރލް ގައިޑް އެސޯސިއޭޝަނުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެކު އީދު ފާހަގަ ކުރަނީ
ހަދިޔާ ބަދަލުކުރުން ކުރިއަށް ދާނެ
އެންމެ ބޮޑަށް ބޭނުންވަނީ ކާބޯތަކެއްޗާއި ބަދިގެ ސާމާނު

ގާރލް ގައިޑް އެސޯސިއޭޝަންގެ ފަރާތުން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މަރުކަޒުގައި އީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނފިއެވެ.

ގާރލް ގައިޑް އެސޯސިއޭޝަންގެ ޕްބްރިކް ރިލެޝަންސް ޝަންމޫނާ ޝަމީމް ވިދާޅުވީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ ޔަންގް ލީޑާރސް އިސނަގައިގެން 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ އެސޯސިއޭޝަންގެ ފަރާތުން ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގޮސް އެމަރުކަޒުގައި އީދު ފާހަގަ ކުރަމުން ދާ ކަމަށެވެ.

އެގޮތުން މިއަހަރުވެސް ޚާޢްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެކު އީދު ފާހަގަކޮށް ހަދިޔާ ބަދަލުކުރުން ކުރިއަށް ދާނެ ކަމަށް ޝަންމޫނާ ވިދާޅުވިއެވެ.

ޝަންމޫނާ ވިދާޅުވީ އެ އެސޯސިއޭޝަނުން އަބަދުވެސް ވަރަށް ޚައްސަކަމެއް ދީގެންއެ މރުކަޒާއި ގުޅުން ބަދަހި ކުރަމުންދާ ކަމަށެވެ.

މިވަގުތު އެ އެސޯސިއޭޝަނަށް އެންމެ ބޮޑަށް ބޭނުންވަނީ ކާބޯތަކެއްޗައި ބަދިގެ ސާމާނު ކަމަށް ޝަންމޫނާ ވިދާޅުވިއެވެ.

އެތަކެތި ހެލްތް ހެލްތް މިނިސްޓްރީއާއި ހަވާލު ކުރުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ތަކެއްޗާއި ހަވާލުވެ ވަޑައިގެންނެވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އެވެ.

މިރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގާލްގައިޑް އެސޯސިއޭޝަން އަކީ އަބަދުވެސް މުޖްތަމައުގެ އެފަދަ ކަންކަމުގައި ވަރަށް އޯގާތެރި ނަޒަރަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ އެސޯސިއޭޝަނެއްކަން މިނިސްޓަރ ވަނީ ފާހަގަ ކުަރއްވާފައެވެ.

ޚާއްސަކޮށް 2000 ވަނަ އަހަރުން ފެށިގެން ގުރައިދޫ މަރުކަޒަށް އެ އެސޯސިއޭޝަނުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް ޓަކައި ވަނީ ޝުކުރު އަދާކުރައްވަފައެވެ.

އަދި އެހެނިހެން ޖަމުއިއްޔާ ޖަމާއަތްތަކުން މިފަދަ ނަމޫނާ ދައްކަވަމުން ގެންދެވުމަށް މިނިސްޓަރ އެދިލެއްވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް