ކ. މާލެ
|
11 ޖޫން 2018 | ހޯމަ 11:16
މޭޖަރ މުހްސިން: ސިފައިންގެއިން ވަކިކޮށްފައިވާކަމަށް ބެލެވޭ
މޭޖަރ މުހްސިން: ސިފައިންގެއިން ވަކިކޮށްފައިވާކަމަށް ބެލެވޭ
މުހައްމަދު ޝަރުހާން
އެމްއެންޑީއެފް
މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
ސިޓީ ފޮނުވާފައިވަނީ މިދިޔަ މަހު 30 ގައި
މުހްސިން އަކީ ސުޕްރީމް ކޯޓު ފުރާޅުން ޓިނު ނެގި ޓީމުގެ އިސްފަރާތްކަމަށް އަޑު ފެތުރިފައިވޭ

ކޯސްޓްގާޑްގައި މަސައްކަތް ކުރައްވާ މޭޖަރ ޢަބްދުލް މުޙްސިން މުހައްމަދު ސިފައިންގެ ވަޒީފާއިން ވަކިކުރިކަމަށް ބެލެވޭ ސިޓީއެއް ޢާއްމު ވެއްޖެއެވެ.

ރާއްޖެ ޓީވީއަށްވެސް ކޮޕީއެއް ލިބިފައިވާ މިސިޓީއަކީ ސިފައިންގެ ވަޒީފާއިން ވަކިކުރުމަށް ހަމަޖެހިފައިވާތީ "ސިފައިންގެ ވަޒީފާއިން ގުޅުން ކެނޑުވުމަށް ހަމަޖެހިފައިވާ ފަރާތްތަކުން ފުރަންޖެހޭ ފޯމް ފުރުމަށް ބޭނުންވެގެން" ފޮނުވާފައިވާ ސިޓީއެކެވެ.

ބްރިގޭޑިއަރ ޢަލީ ޒުހައިރަށް އެޑްރެސްކޮށް ލެފްޓިނެންޓް ކާނަލް އަހުމަދު ތޯހިރު ސޮއިކުރައްވާ ފޮނުއްވާފައިވާ މި ސިޓީގައި ބުނެފައިވަނީ ކޯސްޓްގާޑްގައި މަސައްކަތްކުރައްވާ މޭޖަރ ޢަބްދުލް މުޙްސިން މުޙައްމަދު (ސނ: 2690) ސިފައިންގެ ވަޒީފާއިން ވަކިކުރުމަށް ހަމަޖެހިފައިވާތީ " ސިފައިންގެ ވަޒީފާއިން ގުޅުން ކެނޑުވުމަށް ހަމަޖެހިފައިވާ ފަރާތްތަކުން ފުރަންޖެހޭ ފޯމް" ފުރުމަށް ބޭނުންވާ ކަމަށެވެ. އަދި އެކަމަށްޓަކައި ކޯސްޓްގާޑް ސެކްޝަނުން ފޯމުގައި ފުރަންޖެހޭ ބައި ފުރުމަށްފަހު މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެމްއެންޑީއެފްގެ އިންޓެގްރޭޓެޑް ހެޑްކްއާޓާޒްއަށް ފޮނުއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިކަމަށް އެސިޓީގައި ބުނެފައިވެއެވެ. އެސިޓީ ފޮނުއްވާފައިވާ ތާރީޚެއްކަމަށް ވަނީ މެއި މަހުގެ 30 ވަނަ ދުވަހެވެ.

 

Caption

މުޙްސިން ސިފައިންގެއިން ވަކިކުރާ ސަބަބެއް އެސިޓީގައި ބުނެފައި ނުވާއިރު މުޙްސިންއަކީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ކޯޓު އަމުރު ތަންފީޒްނުކޮށް ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު ހައްޔަރުކުރި ޓީމުގެ އިސްފަރާތް ކަމުގައި ސޯޝަލް މީޑިޔާގައި އަޑު ފެތުރިފައިވާ ފަރާތެކެވެ. މުހްސިންގެ ފޮޓޯއާއެކު އެވާހަކަތައް ސޯޝަލް މީޑިޔާގައި ދައުރުވެފައިވެއެވެ.

މިސިޓީއާ ގުޅިގެން މުޙްސިންގެ ބަހެއްވެސް އަދި އެމްއެންޑީއެފްގެ ބަހެއްވެސް ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
9 ޖޫން 2018 | ހޮނިހިރު 23:26
Ahmed
Dhen thiya teamugai himenunumeehunage haalu adhieh neygwytha ragalhu hadhiyaa dheynehen heevanee flat thiya dhee nimunee.