ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 08:33
ޝެލްބީންސް ބަދިގޭގައި އެއްޗެއް ގޮވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ޝެލްބީންސް ބަދިގޭގައި އެއްޗެއް ގޮވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެ އެމްވީ
ޝެލްބީންސް ބޭކަރީ ގޮވުން
ޝެލްބީންސް ބަދިގޭގައި އެއްޗެއް ގޮވައި ބޮޑެތި ގެއްލުންތަކެއްވެއްޖެ، އެކަކުގެ ހާލު ސީރިއަސް!
ހާދިސާ ހިނގާފައިވަނީ 06:15 ހާއިރު
ހާދިސާ ހިނގާފައިވަނީ ގޭސް ހޮޅިއެއްގައި ގޮވައިގެންކަމަށް ބެލެވޭކަމަށް އެމްއެންޑީއެފްއިން ބުނޭ
3 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުނޭ

ހ. ޕާކް ސައިޑްގައި ހުންނަ ސެލްބީންސްގެ ބަަދިގޭގައި އެއްޗެއް ގޮވާ ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 6:15 ހާއިރު އެވެ. އެމްއެންޑީއެފް އިން ބުނީ، އެ އިދާރާއަށް ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 6:18 ގައި ކަމަށެވެ.

އެމްއެންޑީއެފްއިން އިން ބުނީ ގޮވާފައިވަނީ ގޭސް ހޮޅިއެއްގައިކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ހާދިސާގައި ތިން މީހަކަށް އަނިޔާވެ، ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތުދިން އޭޑީކޭ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ހާދިސާގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސް ކަމަށެވެ. އަދި ދަވަނަ މީހާގެ ފަލަ މަސްގަނޑަށް ބިއްލޫރި ހެރިފައިވާކަމަށާއި، އޭނާވެސް އޮޕަރޭޝަންއެއް ކުރަންޖެހޭކަމަށެވެ. ތިން ވަނަ މީހާ ދޫކޮށްލާފައިވާއިރު، ދޫކޮށްލާފައިވަނީ ކައިރި ގެޔެއްގައި ނިދާފައި އޮތް މީހެކެވެ. އޭނާގެ ފަޔަށް ވަނީ ބިއްލޫރި ގަނޑެއް ހެރިފަ އެވެ.

މަންޒަރު ދުށް މީހާ ކިޔައިދިން ގޮތުގައި ވަރަށް ބާރު އަޑު ފައްގަނޑަކާއި، ވަހެއް ހުރިކަމަށެވެ.

ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި 10 ބުރިއަށް ހަދާފައިވާ ޕާކްސައިޑް ގޭގެ ފުރަތަމަ ދެ ބުރީގައި ހިންގަމުން ދަނީ ޝެލްބީންސްގެ ބަދިގެ އެވެ. އެތަނުގައި އެއްޗެއް ގޮވިއިރު، ދެ ބުރީގެ ބިއްލޫރިތަކާއި ދޮރުތައް ވަނީ ފުނޑުފުނޑުވެފަ އެވެ. ގޮވިލެއް ބާރުކަމުން، ބައެއް ބިއްލޫރިތައް ގާތްގަނޑަކަށް 300 ފޫޓް ދުރަށް ބުރައިގެން ގޮސްފައިވެ އެވެ. ދެ ބުރިއަށް ހަދާފައި ހުރި އިމާރާތްތަކުގެ މަތީގައި ވެސް ބިއްލޫރި ހުއްޓެވެ. އެލްމިނިއަން ދޮރުތައް ވެސް ގާތްގަނޑަކަށް 200 ފޫޓަށް ބުރައިގެން ގޮސްފައި ހުރިއިރު، އެތޭގައި ހުރި ދަގަނޑު ހަރުގަނޑެއް ބޭރަށް ބުރައިގެން ގޮސްފައިވެ އެވެ.

"އަޅުގަނޑު ނިދާފައި އޮވެފައި ކުއްލިއަކަށް ހޭލެވުނީ ވަރަށް ބާރު އަޑުފައްގަނޑެއް އިވިގެން، ތެދުވެ ބޭރު ބަލާލިއިރު ވަހެއް ވެސް ހުރި. މުޅި ތަން އޮތީ ހަލާކުވެފައިމ" ޝެލްބީންސްގެ ބަދިގޭގެ ގާތްގަނޑަކަށް 200 ވަރަށް ފޫޓް ދުރުގައި ހުރި ގެއެއްގެ ދެ ވަނަ ބުރީގައި ދިރިއުޅޭ މީހަކު ކިޔައިދިނެވެ.

މި ހާދިސާގައި އަލިފާން ރޯވިކަމުގެ އިޝާރާތެއް ފެންނަން ނެތެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް