ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 10:57
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޕީޕަލް މެގަޒިން
އދ - ރާއްޖެ
ބޭރު ޤައުމުތަކުގެ ސަފީރުންނާ ދޭތެރޭގައި ދަށު ދަރައިޖައިގެ އަމަލުތައް ހިންގުމުގެ ނަތީޖާ މި ފެންނަނީ: އަލީ ހުސެއިން
އެމެރިކާގެ ސަފީރު ރާއްޖެ އައުމުން ރައީސް ޔާމީން ބައްދަލުނުކުރެއްވި
ބޭރު ޤައުމަކުން ދިވެހިރާއްޖެއަށް ވޯޓެއްދޭއިރު ބަލާނެ ދިވެހިރާއްޖޭގައި އިންސާނީ ހައްޤުތަކާ ދެތޭރޭގައި ކަންތައްތައް ކުރަނީ ކިހިނެއްތޯ

އދ.ގެ އިންސާނީ ހައްޤުތަކާއިބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ ކުރިމަތިލައި ބަލިވުމުން އެކަމުން އެ ފެނިގެންދަނީ ބޭރުގެ ޤައުމުތަކުގެ ސަފީރުންނާ ދެތެރޭގައި ދަށު ދަރައިޖައިގެ އަމަލުތައް ހިންގުމުގެ ނަތީޖާ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ފޯނުގެ ޒަރިއްޔާއިން ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ އެމެރިކާގެ ސަފީރު ރާއްޖެ އައުމުން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ސަރުކާރުން އަމުލުކުރި ގޮތް ވަރަށް ސާފުކޮށް އެންމެނަށް ވެސް އެނގޭނެ ކަމަށާއި އެމެރީކާގެ ސަފީރާ ރައީސް ޔާމީން ބައްދަލު ނުކުރެއްވި ކަމަށެ.

"އެމެރިކާގެ ސަފީރު ބައްދަލުވުމަކަށް އެދިވަޑައިގަތުމުން ރައީސް ޔާމީން އެބޭފުޅާއާ ބައްދަލެއް ނުކުރެއްވި. އަދި އެއްވެސް މިނިސްޓަރަކު ވެސް ބައްދަލެއް ނުކުރެއްވި. އޭގެ ކުރިން ޖަރުމަންވިލާތުގެ ސަފީރު ވަޑައިގަތުމުން ވެސް ކަންތައް ކުރި ގޮތް ހުރިހާ އެންމެނަށް އެނގޭނެ. ޖަރުމަން ސަފީރާ ދެތޭރެގައި ވެސް ވަރަށް އިހާނެތިކޮށް ދަށު ދަރަޖައިގެ ގޮތަކަށް މި ސަރުކާރުން އަމަލުކޮށްފައިވަނީ" އަލީ ހުސެއިން ވިދާޅުވިއެވެ.   

ރައީސް ޔާމީންގެ ސަރުކާރު އައުމުގެ ކުރިން، ރާއްޖެ ރަނގަޅު ސިޔާސަތުތަކެއްގެ ދަށުން މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތުތައް ދޯހަޅިވެ، ވަކި ޤައުމުތަކެއްގެ އުނގުތެރެއަށް ރާއްޖެ ދިޔުމާއެކު، ބައެއް ޤައުމުތަކާ އޮތް ގުޅުން ކަނޑާލުމުގެ ސަބަބުން އަދި ވަކިން ހާއްސަކޮށް އިސްލާމީ ޤައުމުތަކާ އެކީ އޮތް ސިޔާސީ ގުޅުން ހަމައެއް ލަމައެއް ނެތި ކަނޑާލުމުގެ ނަތީޖާ ކަމަށެވެ.  

"ބޭރު ޤައުމަކުން ދިވެހިރާއްޖެއަށް ވޯޓެއްދޭއިރު ބަލާނެ ދިވެހިރާއްޖޭގައި އިންސާނީ ހައްޤުތަކާ ދެތޭރޭގައި ކަންތައްތައް ކުރަނީ ކިހިނެއްތޯ، ދިވެހިރައްޔިތުންނާ ދޭތެރޭގައި ސަރުކާރުން އަމަލުކުރަނީ ކިހިނެއްތޯ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤުތައް ލިބޭތޯ، ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ މިނިވަންކަމާ އިންސާނީ ހައްޤުތައް ބަރާބަރަށް ފޯރުކޮށްދޭތޯ، ދިވެހިންގެ ތެރޭގައި އިންސާފު ޤާއިމު ކޮށްދެވިފައިވޭ ތޯ، މި ހުރިހާ ކަމަކަށް ބަލާނެ" އަލީ ހުސެއިން ވިދާޅުވިއެވެ.

އދ.ގެ ސެކިއުރިޓީ ކައުންސިލަކީ އާދައިގެ ތަނެއް ނޫންކަން ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންސާފު ހޯދައިނުދެވޭ ސަރުކާރަކަށް އިންސާނީ ހައްޤުތަކާއިބެހޭ ކައުންސިލްގެ ގޮނޑި ތިމަންނަމެނަށް ދޭށޭ ބުނުމުން އެކަން އެގޮތަށް ނުވާނެ ކަމަށެވެ.

އދ.ގެ އިންސާނީ ހައްޤުތަކާއިބެހޭ ކައުންސިލްގެ ގޮނޑިއެއް ރާއްޖެއަށް ނުލިބުމުން އެކަމުން ފެންނަ އޮތް ހަޤީޤަތަކީ ރައީސް ޔާމީން ފެއިލް ވެވަޑައިގެންނެވިކަން ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ފެއިލްއާއެކު ރާއްޖޭގެ ރައްޔިތުންނަށް ލިބުނީ ވަރަށް ބޮޑު ލަދުވެތިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި މި ނާކާމިޔާބީ އަކީ ދިވެހިންނަށް ހައްޤު ނާކާމިޔާބީއެއް ނޫން ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް