ރަމަޟާން މަހަކީ މުސްލިމުންގެ އަޅުކަމުގެ މަހެވެ. ދުވާލުގެ ގިނަ ވަގުތު ކެޔުމާ ދުރުގައި އުޅޭ އިރު މި މިމަހަށް ހާއްސަކޮށް ތަފާތު ކަންކަން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވެސް ކުންފުނިތަކުން ކުރިއަށްގެންދެ އެވެ.މިހާހިސާބުން މި ބަލާލަނީ އެގޮތަށް އެންމެ ފާހަގަކުރެވޭ ހަތަރު ކެމްޕެއިން ނުވަތަ ކޮމާޝަލް އަށެވެ.
- ބޭބީޝޮޕް
މި އިޝްތިހާރުން ވަރަށް އަސަރުގަދަ މެސެޖެއްދެ އެވެ. މިއީ "ވަރލްޑް ވިތައުޓް ވޯލްސް" ސްލޯގަންގެ ދަށުން ރަމަޟާން މަހުގައި ފެށި ހާއްސަ ކެމްޕެއިންނެވެ. މި އިޝްތިހާރުން ފެންނަ ކުޑަ ކުއްޖާ ހިނގަމުން ގޮސް ތަފާތު އެކި ތަންތަނަށް ވަދެވެ އެވެ. އެ ކުއްޖާ އަމިއްލަ ކޮޓަރިން ނިކުމެގެން ފުރަތަމަ ވަންނަނީ އެކުއްޖާގެ މައްމައާއި ބައްޕަގެ ކޮޓަރިއަށެވެ. އަދި އެއަށް ފަހު އަރަބިންގެ މުއްސަދި އާއިލާއެއްގެ ގެއަކަށް ވަދެ އެވެ. މީގެ އިތުރުން ދެން ރެފިއުޖީ ޓެންޓަކަށް ވަދެ އެވެ. އަދި ދެކުނު އޭޝިއާގެ އާއިލާއެއްގެ ގެއަށް ވަނުމަށް ފަހު އުމުރުން ދުވަސްވީ މީހުން ބަލާގެއަކަށް ވަދެ އެވެ. މީގެ އިތުރުން ޔަތީމުހާނާ އަކަށް ވަދެ އެވެ.
2.ޔޫއެންއެޗްސީއާރް
ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނަރ އޮފް ރެފިއުޖީސް އިން ވަނީ "ހޭންޑްއިންހޭންޑްގެ ނަމުގައި ހާއްސަ ވީޑިއޯއެއް ތައްޔާރުކޮށްފަ އެވެ. މި ވީޑިއޯގައި ރެފިއުޖީން ފެނިގެންދާ އިރު ރެފިއުޖީންނަށް ވެސް ދިރިއުޅުމުގައި އުންމީދު އޮތްކަން ވަނީ ދައްކުވާދީފަ އެވެ. މި ވީޑިއޯގައި ރޮހިންޖާ މުސްލިމުންނާއި ސީރިއާގެ ރެފިއުޖީން ދިރިއުޅެމުންދާ ހާލަތު ވަނީ ހިމަނާފަ އެވެ. އަދި ރަމަޟާން މަހުގައި ވެސް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ސީރިއާގެ ރެފިއުޖީން އެހެން ދިރިއުޅެމުންދާތާ ހަތް އަހަރުވެފައިވާ ކަން ވަނީ ހިމަނާފަ އެވެ.
- މެކްޑޮނާލްޑްސް
މަޝްހޫރު ފުޑް ޗެއިން މެކްޑޮނާލްޑްސް އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ އިޝްތިހާރުގައި ވެސް ތަފާތު ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ. އެގޮތުން މުސްލިމް މެކް ޑެލިވަރީ ޑްރައިވަރެއްގެ ދިރިއުޅުން ވަނީ ދައްކުވައިދީފަ އެވެ. ސިންގަފޫރަށް އުފަން މިމީހާގެ އާއިލާއާއިއެކު ރަމަޟާން މަހުގެ ދުވަހެއް ހޭދަކުރާގޮތް ވަނީ ދައްކުވާދީފަ އެވެ. އެގޮތުން ހާރުކެއުމާއި ރޯދަ ވީއްލުން ވަނީ ދައްކުވާދީފަ އެވެ. އަދި މަސައްކަތުގެ ތެރެއިން ވެސް ކަންކަން ކުރިއަށްގެންދާ ގޮތް ދައްކުވައިދީފައިވެ އެވެ. މި އިޝްތިހާރުގެ އެންމެ ފަހުން ޑެލިވަރީ ރައްދު ކޮށްދޭ މީހާ ވަނީ ރޯދާ ވީއްލާ ވަގުތު ޖެހުނީހޭ އަކާ ޑެލިވަރ ކުރި ކާއެއްޗެހިން އެއްބައި އޭނާއަށް ހިއްސާކޮށްފަ އެވެ. އެގޮތުން މެކްޑޮނާލްޑްސްގެ "ހެޕީ ޝައިރިން ބޮކްސް" ވަނީ ޕްރޮމޯޓްކޮށްފަ އެވެ.
- ޒެއިން
ގާތްގަނޑަކަށް ހަތަރު ވަރަކަށް މިނެޓްގެ މި ވީޑިއޯ އިން ފެނިގެންދަނީ ކުވައިޓްގެ ޓެލެކޮމް ކުންފުންޏެއްގެ އިޝްތިހާރެވެ. ޒެއިން ކުންފުނީގެ މި އިޝްތިހާރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފަ އެވެ. އެހެން ނަމަވެސް އަނެއްބަޔަކު މިއީ ވަރަށް އުފެއްދުންތެރި މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެ އެވެ. މި އިޝްތިހާރުން ދައްކުވާދެނީ ދުނިޔޭގެ ތަފާތު އެކި ލީޑަރުންނެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި ޖަރުމަނުގެ ޗާންސެލަރު އެންގެލާ މާކަލް އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި ނޯތް ކޮރެއާގެ އުތުރު ކޮރެއާގެ ޒައީމު ކިމް ޖޮންގ އުން ގެ ކެރެކްޓަރވެސް މި އިޝްތިހާރުން ފެނިގެންދެ އެވެ. އެގޮތުން މިޔަމްމާގެ ރޮހިންޖާ މުސްލިމް ރެފިއުޖީންނާއި ސީރިއާގެ ރެފިއުޖީން އުޅޭ ސަރަހައްދުތަކުގައި އުޅޭ މަންޒަރު ފެނިގެންދެ އެވެ. މި އުމުތުން 16 އަހަރުގެ އަހެދް އަލް ތަމިމީ ފެނިގެންދެ އެވެ. އޭނާ ވަނީ ގުދުސްގައި މުސްލިމުންނަށް ރޯދަވީއްލަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ބުނެ އަޑު އުފުލުމުގެ ސަބަބުން އިސްރާއިލްގެ ސިފައިން ވަނީ ހައްޔަރުކޮށްފަ އެވެ.