ކ. މާލެ
|
2 ޖޫން 2018 | ހޮނިހިރު 08:51
އަލްމަރްހޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ދަރިކަލުން އަހުމަދު ފިރާސް
އަލްމަރްހޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ދަރިކަލުން އަހުމަދު ފިރާސް
ރާއްޖެއެމްވީ
ޑރ މަޖީދު
މުޖުތަމައު އިސްލާހު ކުރުމަށާއި ޤައުމުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ބައްޕަ ދެކިވަޑައިގެންނެވި: މަޖީދުގެ ދަރިކަލުން
ސިޔާސީ އަދި އިޖުތިމާއި މަސައްކަތަކީ ވެސް ނުހަނު ބޮޑު ސަމާލުކަމެއް ދެއްވައިގެން ކުރެއްވި ބުރަ މަސައްކަތެއް
ޒަމާނުއްސުރެ މުޅި ދުނިޔޭގައި ވެސް ސިޔާސީ މަސައްކަތާ ގުޅިގެން ޝައްކުގެ ނަޒަރަކުން ދެކެވޭ

މުޖުތަމައު އިސްލާހު ކުރުމަށާއި ޤައުމުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ އެމީހެއްގެ ފެންވަރުން ކުރަން ޖެހޭނެ ކަމެއް ކަމަށް އަލްމަރްހޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ދެކިވަޑައިގެންނެވި ކަމަށް އޭނާގެ ދަރިކަލުން އަހުމަދު ފިރާސް ވިދާޅުވެއްޖެއެވެ.

ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ހަނދާނުގައި ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފިރާސް ވިދާޅުވީ ސިޔާސީ އަދި އިޖުތިމާއި މަސައްކަތަކީ ވެސް ޑރ. މަޖީދު ނުހަނު ބޮޑު ސަމާލުކަމެއް ދެއްވައިގެން ކުރެއްވި ބުރަ މަސައްކަތެއް ކަމުގައެވެ.  

ޒަމާނުއްސުރެ މުޅި ދުނިޔޭގައި ވެސް ސިޔާސީ މަސައްކަތާ ގުޅިގެން ޝައްކުގެ ނަޒަރަކުން ދެކެވޭ ކަން ފާހަގަކުރައްވައި ފިރާސް ވިދާޅުވީ ބައެއް ފަރާތްތަކުން ސިޔާސީ މަސައްކަތަކީ ހަޑި މަސައްކަތެއް ކަމަށް ސިފަކޮށް، ސާފު މީހަކު ވެސް އެ މަސައްކަތް ކުރަން ފަށައިފި ނަމަ ފަސްބައި ހަޑިވާނެ ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށެވެ. އެހެން ނަމަވެސް އެ ވިސްނުމާ އެއްވެސް ވަރަކަށް ޑރ. މަޖީދު އެއްބަސްވެވަޑައިނުގަންނަވާ ކަމަށް ވެސް ފިރާސް ވިދާޅުވިއެވެ.

"ސިޔާސީ މަސައްކަތަކީ ހަޑި މަސައްކަތެއް ކަމަށާއި ސާފު މީހަކު ވެސް އެ މަސައްކަތް ކުރަން ފަށައިފި ނަމަ އެމީހެއްގެ ފަސްބައި ކޮންމެވެސް ވަރަކަށް ހަޑިވާނެކަމުގެ ވިސްނުމެއް އޮވޭ. ނަމަވެސް މި ވިސްނުމަކީ ބައްޕަ އެއްވެސް ވަރަކަށް އެއާ އެއްބަސްވެވަޑައިގެންނެވި ވިސްނުމެއް ނޫން. ބައްޕަ ދެކެވަޑައިގެންނެވި ގޮތުގައި މުޖުތަމައު އިސްލާހު ކުރުމަށާއި ޤައުމުގެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހަކު ވެސް އެމީހެއްގެ ފެންވަރުގައި އެމީހަކަށް ކުރެވުނު މިންވަރަކުން ކުރަން ޖެހޭނެ ކަމެއް،" ފިރާސް ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ފިރާސް އިތުރަށް ވިދާޅުވީ އިލްމީ ދިރާސާތައް ހެއްދެވުމަށް ޑރ. މަޖީދު ހާއްސަ އިސްކަމެއްދެއްވި ކަމަށާއި އަދި އޭގެ އިތުރުން ދީނީ ތައުލީމް ބުނެދެއްވައި، ދީނީ ތައުލީމް ފުޅާކުރުމަށް ވެސް ޑރ. މަޖީދު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

ތައުބީންގެ ޖަލްސާ ނިންމާލާފައިވަނީ ހާއްސަ ދުޢާއަކުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް