އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހް އަލީ ޒައިދު ދީނީ ނަސޭހަތް ދިނުން އިސްލާމިކް މިނިސްޓްރީން ހުއްޓުވާފައި ވަނިކޮށް، އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެބޭފުޅާއާ މެދު ހެޔޮ އެދިވަޑައިގެން ޝުއޫރު ފާޅުކުރެއްވި އެންމެހާ ބޭފުޅުންނަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ ކަމަށާއި ދިރިއުޅުމަކީ މިކަހަލަ ތަނެއް ކަމަށް ވެސް ޝެއިހް ވިދާޅުވިއެވެ.
Salaam.
— Sheikh Ali Zaid (@alizaid1000) May 29, 2018
Alhuagandaa medhu heyo edhivadaigen shu'ooru faalhu kurehvi enme beyfulhunnah v ikhlaastheri kamaa eku shukur dhannavan! Adigandakah fahu usgandeh annaane! Insha Allah! Dhiriulhumakee mikahala thaneh!
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ މުހައްމަދު އަހުސަން ވަނީ ޝެއިހް އަލީ ޒައިދުގެ ދީނީ ނަސޭހަތް ދިނުން އިސްލާމިކް މިނިސްޓްރީން ހުއްޓުވާފައިވާކަން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.
އަހުސަން ވިދާޅުވީ ޝެއިޚް ޢަލީ ޒައިދާ ގުޅޭ މައްސަލަތަކެއް މިނިސްޓްރީން ބަލަމުންދާތީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އެކަން ޒައިދަށް އަންގާފައިވާނެ ކަމަށެވެ. އެއީ ކޮން މައްސަލަތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ނިޔަލަށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓިކަން ކުރިކަން ޝައިޚް ޒައިދަށް އަންގާފައެއް ނުވެއެވެ.
ހުއްދަ ހިފެހެއްޓިކަން ޒައިދަށް ނާންގައި އޮއްވާ ވިޔަފާރިވެރިންގެ މިސްކިތުގައި އޭނާ ދީނީ ނަސޭހަތް ދެއްވިކަން ވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.
ހުއްދަ ހިފެހެއްޓިކަން ޒައިދަށް ނާންގައި އޮއްވައި ޒައިދު ދީނީ ދަރުސް ދެއްވި މައްސަލަ ހޫނުވެ އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ބަޔާން ނެގުމަށް އަންގާފައިވާ ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.
ޝެއިޚު ޒައިދަކީ ރާއްޖޭގައި ހުރި ތަފާތު މައްސަލަ ތަކާ ބެހޭ ގޮތުން ވެސް މީސްމީޑިއާ ގައި އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް ހާމަކުރައްވާ ބޭފުޅެކެވެ.