ކ. މާލެ
|
27 މެއި 2018 | އާދީއްތަ 17:52
މާރުކޭޓް ގޮޅިއެއްގައި ދިޔާނާ މަސައްކަތް ކުރައްވަނީ
މާރުކޭޓް ގޮޅިއެއްގައި ދިޔާނާ މަސައްކަތް ކުރައްވަނީ
މުހައްމަދު ޝަރުހާން
ނުރަސްމީ ގަޑި
ދިޔާނާގެ ނުރަސްމީ ގަޑި މިރޭ!
ނުރަސްމީ ގަޑި ޕްރޮގްރާމް މިރޭ 23:00 އިން ހަމައެކަނި ރާއްޖެޓީވީން
މި ހަފްތާގެ ޕްރޮގްރާމްގެ މެހުމާނަކީ މަޝްހޫރު ވިޔަފާރި ވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަބަލުން ދިޔާނާ

އެއީ ކުރީގެ ބަންޑާރަ ނައިބެއެވެ. ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަން ވެސް ކުރެއްވި ބޭފުޅެކެވެ. ދައްކަން މި އުޅެނީ ފުންނާބު އުސް ގާނުނީ ވަކީލާ ދިޔާނާ ސައީދުގެ ވާހަކައެވެ. ސުވާލަކީ ދިޔާނާއަށް ބާޒާރުމަތީ ގޮޅިއެއްގައި މަސައްކަތް ކޮށްލެވިދާނެތޯއެވެ؟ އާންމުންގެ ގިނަ ބަޔަކު ނުކުމެ އުޅޭ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއެއްގައި އިންނަން އޭނާ އެއްބަސް ވެދާނެ ހެއްޔެވެ؟

މި ރަމަޟާން މަހުގައި ރާއްޖެޓީވީން ގެނެސްދޭ "ނުރަސްމީ ގަޑި" ޕްރޮގްރާމުން މި ސުވާލުތަކުގެ ޖަވާބްތައް ލިބިގެންދާނެވެ. ނުރަސްމީ ގަޑި ޕްރޮގްރާމްގެ މިރޭގެ މެހުމާނަކީ ދިޔާނާއެވެ. މިރޭ 23:00  ގައި ގެނެސްދޭ މި ޕްރޮގްރާމް އިން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަބަލުން ދިޔާނާ މާރުކޭޓް ގޮޅިއެއްގައި އެއްޗެހި ވިއްކަން އިންނަވާއިރު، އޭނާގެ މޫނު މައްޗަށް އަރާ ފައިބާ ކުލަތައް ފެނިގެންދާނެވެ. އާންމު ރައްޔިތުންނަން ދިޔާނާ މާރުކޭޓް ގޮޅިއެއްގައި އިންދާ ފެނުމުން ކުރެވޭ އިޙްސާސް ވެސް ތަފާތު ވާނެއެވެ.

މާރުކޭޓް ގޮޅިއެއްގައި ދިޔާނާ މަސައްކަތް ކުރައްވަނީ -

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ އާންމުންގެ މެދުގައި މަގްބޫލް ބޭފުޅުންގެ ރަސްމީ ގަޑި ނިމުމުން ނުރަސްމީ ގަޑީގައި ކުރާ ކަންކަން ގެނެސްދޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި މެހުމާންގެ ހަޔާތާ ގުޅޭ ގޮތުން އެބޭފުޅުންގެ އާއިލާގެ މެމްބަރުން ދީފައިވާ އިންޓަރވިއުތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެވެ. ނުރަސްމީ ގަޑި ޕްރޮގްރާމްގެ މެހުމާނުންނަށް މަސައްކަތެއް ހަވާލުކުރެއެވެ. އެކަން ވަނީ ޗެލެންޖަކަށެވެ. މީގެ ކުރީގެ ރޯދަ މަސްތަކުގައި ވެސް ތަފާތު އެކި ފަރާތްތަކުގެ ހަޔާތާ ގުޅޭ ވާހަކަތައް "ނުރަސްމީ ގަޑި" ޕްރޮގްރާމްގައި ވަނީ ގެނެސްދީފައެވެ. 

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ ބެލުންތެރިންގެ މަގްބޫލްކަން ހޯދާފައިވާ ޕްރޮގްރާމެކެވެ. ވޭތުވެދިޔަ ދެ އަހަރުގެ ރަމަޟާން މަހު މި ޕްރޮގްރާމް ގެނެސް ދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާންމުންގެ މެދުގައި މަގްބޫލް އެކި ބޭފުޅުން ވަނީ ތަފާތު މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މާރުކޭޓް ގޮޅިއެއްގައި މަސައްކަތް ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ކަންމަތީ ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް