ރޯދަ މަހު މީހުންގެ ޑިމާންޑް އެންމެ ބޮޑީ ކަރާ އަދި ދަނޑިއަލުވިއަށެވެ.
ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ މީހުން ވަރަށް ގިނައިން ކަރާ އަދި ދަނޑިއަލުވި ގަންނަ ކަމަށެވެ.
"މި ރޯދަ މަހު އެންމެ ގިނައިން ވިކެނީ ކަރާ އާއި ދަނޑިއަލުވި. އެއީ މީހުން އެންމެ ގިނައިން ބޭނުންކުރާ އެއްޗަކީ މިފަހަރު" ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ މީހަކު ބުންޏެވެ.
އެހެން އަހަރުތަކާއި އަޅާބަލާއިރު މިފަހަރު ވިޔަފާރި އެހާ ރަނގަޅު ނޫން ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.
"ކުރީ އަހަރުތަކާއި އަޅާބަލާއިރު މިއަހަރު ވަރަށް ދަށްކޮށް ވިޔަފާރި ދަނީ" ލޯކަލް މާރުކޭޓުގައި ވިޔަފާރި ކުރާ މީހަކު ބުންޏެވެ.
ބާވަތް | އަގު |
ކަރާ | 20ރ އަށް ކިލޯ |
ލެޓިއުސް | 180ރ އަށް ކިލޯ |
ފަޅޯ | 30ރ އަށް ކިލޯ |
އަނބު | 60ރ އަށް ކިލޯ |
އަންނާރު | 80ރ އަށް ކިލޯ |
މިރުސް | 400ރ އަށް ކިލޯ |
ދޮންކެޔޮ | 5ރ އަށް ވަކެއް |
ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ ލުނބޯ ލިބުމަށް ދަތިވުމާއި ގުޅިގެން ކުރިއަށް އޮތްތަނުގައި ލުނބޯގެ އަގު އުފުލިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.