ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 17:44
ސްޓޫޑަންޓް އޮފް ދަ އިޔަރ 2
ސްޓޫޑަންޓް އޮފް ދަ އިޔަރ 2
އިންޑިއަން އެކްސްޕްރެސް
ސްޓޫޑަންޓް އޮފް ދަ އިޔަރ 2
ސްޓޫޑަންޓް އޮފް ދަ އިޔަރ 2 ގެ މޯޝަން ޕޯސްޓަރތައް ރިލީޒްކޮށްފި
 
ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރ މަހު

ސްޓޫޑަންޓް އޮފް ދަ އިޔަރ 2 ގެ މޯޝަން ޕޯސްޓަރތައް ރިލީޒްކޮށްފިއެވެ.

މި މޯޝަން ޕޯސްޓަރުތަކުން ފެންނަނީ ޓައިގަރ ޝްރޮފްއާ އަނައްނިއްޔާ ޕާންޑޭ އަދި ތާރާ ސުތަރިއާ ވަރަށް "ކޫލް" ދަރިވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ތަނެވެ. މީގެ އިތުރުން ޓައިގަރ ޝްރޮފްގެ ޑާންސް މޫވްތަކެއް ވެސް މޯޝަން ޕޯސްޓަރުން ފެނިގެންދެއެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ.

ފިލްމުގައި ހަރަކާތްތެރިވާ ތިން ލީޑް ތަރިން ވެސް ވަރަށް ބުރަކޮށް ދަނީ މަސޫރީގައި ފިލްމް ޝޫޓް ކުރަމުންނެވެ.

މަސޫރީގައި ޝޫޓިންގް ނިންމާލުމަށްފަހު ދެން ފިލްމްގެ ޝޫޓިންގް ނެގުމަށް ހަމަޖެހިފައިވަނީ ދިއްލީ، ޕޫނޭ އަދި މުމްބާއީގައެވެ.

ސްޓޫޑަންޓް އޮފް ދަ އިޔަރގެ ފުރަތަމަ ފިލްމުގައި އެކްޓް ކޮށްފައިވަނީ އާލިއާ ބަޓްއާ ސިދާތް މަލޯތުރާގެ އިތުރުން ވަރުން ދަވަންއެވެ. އަދި އެ ތަރިންނާއި ފިލްމުގެ ޕްރޮޑިއުސަރ ކަރަން ޖޮހަރް ވަނީ ދަރްމާ ޕްރޮޑަކްޝަން އޮފީހުގައި ޗޮކްލެޓް ކޭކެއް ފަޅައި ފިލްމަށް ފަސް އަހަރު ފުރުން ފާހަގަކޮށްފައެވެ.

ދަރްމާ ޕްރަޑްކަޝަނުން ވަނީ އެ ޕްރޮޑަކްޝަންގެ ރަސްމީ ޓްވިޓަރ އެކައުންޓުގައި ފިލްމަށް ފަސް އަހަރު ފުރުމަށް ފެޅި ކޭކުގެ ފޮޓޯއަކާއި ތަރިންނާއި ޕްރޮޑިއުސަރުގެ ފޮޓޯއެއް ޝެއަރ ކޮށްފައެވެ.

"ސްޓޫޑަންޓް އޮފް ދި އިޔަރ" އަކީ 2012 ވަނަ އަހަރު ނިކުތް ރޮމެންޓިކް ކޮމެޑީ ފިލްމެކެވެ.

"ސްޓޫޑަންޓް އޮފް ދި އިޔަރ" ފިލްމް ވަނީ އިންޑިއާގެ 1400 އަށް ވުރެ ގިނަ އަވަށުގައި އަޅުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
0%
ކޮމެންޓް