ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 16:44
ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން
ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން
ސިވިލް ސާވިރސް ކޮމިޝަން
ސިވިލް ސަރވިސް
ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އިމްތިހާނުގެ އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ
އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެންބަރު މަހު

ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިހާނުގެ 7 ވަނަ ބުރުގައި އިމްތިހާނު ހެދުމަށް ބޭނުންވާ ފަރާތްތަކަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހާ ހަމައަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މި އިމްތިހާނުގެ އެޕްލިކޭޝަން ފޯމާއި ފީ ބަލައިގަތުމުގެ އިންތިޒާމުތައް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުގެ އިމްތިހާނު ބާއްވާ ސެންޓަރުތަކުގައި ހަމަޖެހިފައި ހުންނާނެއެވެ. އެގޮތުން އެޕްލިކޭޝަން ފޯމު ބަލައިގަތުމާއި ފީ ބަލައިގަތުން ރަމަޟާންމަހު ކުރިޔަށްދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އަކުން މެންދުރު ފަހު 13:45 އަށެވެ. އަދި ސެންޓަރުތަކުން ބައިވެރިވާ ކެނޑިޑޭޓުންނަށް އެ ސެންޓަރަކުން ފޯމު ބަލައިގަތުމާއި ފީ ދެއްކުމުގެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ބުނެފައެވެ. އިމްތިހާނުގެ އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެ އިމްތިހާނު 2018 ވަނަ އަހަރުގެ އޯލެވެލް ބާއްވާ  ކޮންމެ ރަށެއްގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ސިވިލް ސަރވިސްގެ ވަޒީފާ އަށް ވަނުމަށް ދޭ އިމްތިހާނަކީ ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކިބައިގައި ވަކިކަހަލަ ހުނަރުތަކެއް ހުރުން މުހިންމު ކަމެއް ކަމަށް ފެންނާތީ، އެ ޤާބިލުކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލާފައިވާ މުގައްރަރެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އިމްތިހާނެކެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާއި ގުޅިގެން ބާއްވާ އިމްތިހާނުގެ މަޤްޞަދަކީ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ މައިގަނޑު ހުނަރުތައް ލިބިފައިވާ، ވަޒީފާއަށް ގާބިލު ފަރާތްތަކެއްތޯ ދެނެގަތުމެވެ.

 

 

 

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް