ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 16:35
ހާޝިމްގެ ގެ ފުލުހުން ބަލާ ފާސްކުރަނީ
ހާޝިމްގެ ގެ ފުލުހުން ބަލާ ފާސްކުރަނީ
ރާއްޖެއެމްވީ
ދިއްދޫ ކައުންސިލް ރައީސް
ހއ. ފިއްލަދޫ ކޯޓުން ހާޝިމްގެ ބަންދަށް ފަސް ދުވަސް ޖަހައިފި
ފުލުހުން ވަނީ ހާޝިމްގެ ބަންދަށް ފަސް ދުވަސް ޖެހިކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައި
ހާޝިމް ހައްޔަރުކޮށްފައިވަނީ މެއި 22 ވަނަ ދުވަހު
ގެ ބަލާ ފާސްކުރަނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށް ކޯޓު އަމުރުގައިވޭ

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ޙާޝިމްގެ ބަންދަށް ފިއްލަދޫ ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.

ފުލުހުން ވަނީ ހާޝިމްގެ ބަންދަށް ފަސް ދުވަސް ޖެހިކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައެވެ.

ފުލުހުން ހާޝިމް ހައްޔަރުކޮށްފައިވަނީ މެއި 22 ވަނަ ދުވަހުގެ މެންދަމު އޭނާ ދިރިއުޅުއްވާ ގެ، ހއ. ދިއްދޫ ބުރުނީވިލާ ބަލައި ފާސްކުރުމަށް ފަހުއެވެ. ހާޝިމް ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމަށް ފުލުހުން ގެންދިޔަ ކޯޓު އަމުރުގައިވަނީ ގެ ބަލާ ފާސްކުރަނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވި ކައުންސިލް މެންބަރު ވިދާޅުވީ ސައްޙަ ނޫން ލިޔެކިޔުންތަކެއް ކަމަށް ފުލުހުން އެ ބުނާ ލިޔެކިޔުންތަކަކީ ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ނެރުނު އަމުރު ތަންފީޒް ނުކުރުމާ ގުޅިގެން ކައުންސިލުން ނެރެފައިވާ ނޫސްބަޔާން ކަމަށް ބެލެވޭ ކަމަށެވެ. އެ މައްސަލައިގައި ކައުންސިލަށް ފިޔަވަޅު އަޅާފައިވާއިރު ކައުންސިލްގެ އެހެން ބައެއް މެންބަރުންވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ޙާޝިމް ހައްޔަރުކޮށްފައި ވަނީ އޭނާގެ ވަތްގަނޑެއްގައި ބަހައްޓާފައި ހުރި އޭނާގެ 5000 ޑޮލަރު ފުލުހުންގެ އިހުމާލުން ގެއްލިފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ މެންބަރަކު ވިދާޅުވީ ދިއްދޫ ކައުންސިލްގެ އިދާރާ ފުލުހުން ވަދެ ޗެކް ކުރިއިރު ކައުންސިލްގެ ރައީސްގެ ކޮޓަރިކޮޅު ޗެކްކުރީ ރައީސްގެ ޣައިރު ހާޒިރުގައި ކަމަށާއި އޭރު ކައުންސިލް ރައީސްގެ ކަބަޑެއްގެ ވަތްގަނޑުގައި 5000 ޑޮލަރު ހުންނާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އެއީ ކައުންސިލްގެ ރައީސް އަމިއްލަ ކަމަކު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި އެ ދުވަހު ގެނެސް އޮފީހުގައި ބަހައްޓާފައި ހުރި އޭނާގެ އަމިއްލަ ފައިސާ ކަމަށް ކައުންސިލް މެމްބަރު ވިދޅާވިއެވެ.

އެފައިސާ ނެތްކަން އެނގިވަޑައިގަތީ އޮފީސް ޗެކްކުރުމަށްފަހު ކައުންސިލްގެ ރައީސާއި އެހެން މެންބަރުން ސަސްޕެންޑް ކުރުމަށްފަހު އެސަސްޕެންޝަންގެ މުއްދަތު ހަމަވުމުން އޮފީހަށް ނިކުންނެވުމުންނެވެ. އަދި ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވި ކައުންސިލް މެންބަރު ވިދާޅުވީ އެފައިސާ ނެތްކަން އެނގުމުން ދިއްދޫ ފުލުހުންނަށް ރަސްމީކޮށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް