ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 15:31
ޔޫސުފް ރިޒާ
ޔޫސުފް ރިޒާ
ސިވިލް ސާވިރސް ކޮމިޝަން
ޔޫތް މިނިސްޓްރީ
ޔޫތް މިނިސްޓްރީގެ ޕީއެސްގެ މަޤާމަށް ޔޫސުފް ރިޒާ ހަމަޖައްސަވައިފި
ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޔޫސުފް ރިޒާ ހަޖައްސާފައިވަނީ މެއި 22 ވަނަ ދުވަހު

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޔޫސުފް ރިޒާ މެއި 22 ވަނަ ދުވަހު ހަމަޖައްސަވައިފިއެވެ.

ޔޫސުފް ރިޒާ ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1991 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން  މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވުމާ ހަމައަށް  މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި ލޭބަރ އެންޑް ޓްރޭޑް މިނިސްޓްރީގެ އެކިއެކި ފަންތީގެ މަޤާމުތައް އެބޭފުޅާ ފުރުއްވާފައިވެއެވެ.

ޔޫސުފް ރިޒާ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސެވީ 5 އަހަރުގެ ތިންވަނަ ޓާމަށެވެ. ޔޫސުފް ރިޒާ ކުރިން ވަނީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި 5 އަހަރުގެ 2 ޓާމު ފުރިހަމަ ކުރައްވާފައެވެ.

ޔޫސުފް ރިޒާ  މާސްޓަރސް ޑިގްރީ އަދި ގްރޭޖްއޭޓް ޑިޕްލޮމާ  ހާޞިލްކުރައްވާފައި ވަނީ ޓުއަރިޒަމްގެ ދާއިރާއިން ޔުނިވަސިޓީ އޮފް އޮޓާގޯ އިންނެވެ. މީގެ އިތުރުން ފްލިންޑަރސް ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިޔާ އިން ބެޗްލަރ އޮފް އިނިކޮމިކްސް ހާސިލް ކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް