ކ. މާލެ
|
22 މެއި 2018 | އަންގާރަ 14:52
ޕޯސްޓްގެ ޒަރިއްޔާއިން އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް
ޕޯސްޓްގެ ޒަރިއްޔާއިން އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް
ކަސްޓަމްސް
މަސްތުވާތަކެތި އަތުލައިގަތުން
ޕޯސްޓްގެ ޒަރިއްޔާއިން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި
އެކި ފަހަރުމަތިން އަތުލެވުނު މަސްތުވާތަކެތީގެ ބަރުދަން 1.74 ކިލޯގްރާމަށް އަރާ

 ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޯސްޓްގެމަގުން ގެންނަ ތަކެއްޗަށް ހާއްސަ ކުރެވިގެން، މި އަހަރުގެ މާރޗް އަދި އޭޕްރިލް މަހުގެ ތެރޭގައި ހިންގުނު އޮޕަރޭޝަން ތަކުގައި ޕޯސްޓް ޕަރސަލްތަކުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް 24 ފަހަރެއްގެމަތީން ވަނީ މަސްތުވާތަކެތި އަތުލައިގަނެވިފައެވެ. މި އޮޕަރޭޝަންތަކުގައި އެކި ފަހަރުމަތިން އަތުލެވުނު މަސްތުވާތަކެތީގެ ބަރުދަން 1.74 ކިލޯގްރާމަށް އަރާ ކަމަށް ކަސްޓަމްސުން ބުންޏެވެ.

މި އޮޕަރޭޝަންތަކުގައި އަތުލެވުނު މަސްތުވާތަކެތި ބަންދުކޮށްފައިވާ ޕަރސަލްތައް މައިގަނޑު ގޮތެއްގައި ގެނެސްފައިވަނީ ޔޫރަޕްގެ ޤައުމުތައް ކަމަށްވާ އިނގިރޭސިވިލާތް، ގްރީސް، ޖަރުމަންވިލާތް، ބެލްޖިއަމް، ނެދަރލޭންޑް އިންނެވެ. މިތަކެތީގެ ތެރޭގައި އާންމު ގޮތެއްގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ އެކްސްޓަސީ، ހެރޮއިން، އެމްފެޓަމައިން، މެތަންފެޓަމައިން، މެފެޑްރޯން، މެތްމެތިނޯން ފަދަ ބާވަތްތަކެވެ.

މި ކޭސްތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާއިރު، އެ ފަރާތުން ގެންދަނީ މި މައްސަލަތައް އިތުރަށް ތަޙްޤީގްކުރަމުން ކަމަށް ކަސްޓަމްސުން ވަނީ ބުނެފައެވެ.

 

 

 

    

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް