ކ. މާލެ
|
22 މެއި 2018 | އަންގާރަ 09:38
ވިލާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު ގާސިމް
ވިލާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު ގާސިމް
މުހައްމަދު ޝަރުހާން
ސިޔާދު ޤާސިމް
ސިޔާދު ގާސިމް ޖަލުގައި 100 އަށްވުރެ ގިނަ ދުވަސް، ޕީޖީ ސަމާސާ ކުރުމުގައި!
ވިލާ ކުންފުންނިން ފައިސާ ދެއްކި ކަމުގެ އެއްވެސް ހެއްކެއް ރާއްޖެއިން ވެސް ލިބިފައެއް ނުވޭ
މިހާ ދުވަސްވިއިރުވެސް ދައުލަތަށް ހެކި ހޯދިފައެއް ނުވޭ

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމަކީ ޒުވާން ވިޔަފާރި ވެރިޔެކެވެ. ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރާ ވިލާ ގްރޫޕްގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ހީވާގި ބޭފުޅާއެވެ. އެތައް ހާސް މުވައްޒަފުންނެއް ގެންގުޅޭ އެކުންފުނީ މެނޭޖިންގ ޑިރެކްޓަރ ސިޔާދަކީ ވަރަށް މުރާލި އަދި މަސައްކަތުގެ އަހައުލުގައި މީހުންނާ ގުޅިގެން މަސައްކަތް ކުރުމާއި ލިޑަރޝިޕް ނަގައިގެން މަސައްކަތް ކުރުމުގައި ނަމޫނާ ބޭފުޅެކެވެ.

ވިލާގެ ޗެއާމަން އަދި ސިޔާދުގެ ބައްޕަ ގާސިމް އިބްރާހީމަކީ އަޅުގަނޑުމެން ދަންނަން ފެށީއްސުރެން ވިޔަފާރިއާއި ސިޔާސީ ގޮތުންވެސް އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެނދެދަވާ ބޭފުޅެކެވެ. މިއަދު ވެސް ހަމަ އެގޮތުގައެވެ. ނަމަވެސް މިހާރު މިވަނީ ހާލަތު ބަދަލުވެފައެވެ. ގާސިމްގެ ވިޔަފާރި ފުނޑާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ތަން ފެންނަން ފަށައިފި އެވެ. ރާއްޖޭގައި މީގެ ކުރިންވެސް އެކި ބޭފުޅުން ވެރިންގެ ގޮތުގައި އައިސް ގޮސްފައި ވެއެވެ. އެކަމަކު މިހާރު ހުންނެވި ވެރިޔާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާސިމްގެ ވިޔަފާރިތައް ފުނޑާލުމަށް މަސައްކަތް ކުރަމުންދާ މިންވަރެއް އެހެން ސަރުކާރެއްގައި މަސައްކަތްކޮށްފައެއް ނެތެވެ. މިކަން ހުދު ގާސިމްވެސް ވަނީ ވިދާޅުވެފަ އެވެ. ފެންނަމުންދާ މަންޒަރުތަކުން އެކަން ވަރަށް ސާފުކޮށް ފެނެއެވެ.

ސިޔާދަކީ ސިޔާސީ އެއްވެސް ކަމެއްގައި އުޅުއްވާ ބޭފުޅެއް ނޫނެވެ. އެހެންކަމުން ސިޔާދު އުޅުއްވީ މުޅިންވެސް ވިލާގެ ވިޔަފާރީގެ ކަންކަންމުގައި އަވަދިނެތި އެވެ.

މަންޒަރު ބަދަލުވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅޭކަން ބަޔަކަށް ހުވަފެނެއް ފެނުނު ހިސާބުންނެވެ. ވިލާގެ ޗެއާމަން ގާސިމްގެ މައްޗަށް ރިޝްވަތު ދިންކަމަށް ބުނެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް އިއްވީ ބަލި ހާލަތުގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައި ވަނިކޮށެވެ. ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ގާސިމަށް އެވަނީ ރާއްޖެ އާދެވޭ ގޮތް ނުވެފަ އެވެ. އެހެން ކަމުން ވިލާ ކުންފުނީގެ ހުރިހާ ކަމެއްގައި އުޅުއްވަމުން ގެންދަވަނިކޮށް، ސިޔާދަށް ވެސް ޖަލުގެ ކޮޅި ދެކެން ޖެހުނެވެ. މީގެ ކުރިން ކުށުގެ ރެކޯޑެއް ނެތް ސިޔާދު ޖަލަށްލީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ގާސިމަށް ފިއްތުމަށެވެ. ހިތްދަތި ކުރުވުމަށެވެ.

ފަނޑިޔާރުންނަށް ރިޝްވަތު ދިންކަމަށް ތުހްމަތުކޮށް ސިޔާދުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ބަންދުގައި ހުންނަތާ 100 އަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އޭނާގެ މައްޗަށް އުފުލިފައިވާ ދައުވާ ބިނާކޮށްފައިވާ މައި ހެކި ދައުލަތަށް އަދި ލިބިފައިނުވާކަމަށް ޝަރީއަތުގެ މަޖިލީހުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މެލޭޝިއާއިން އެޕާޓްމަންޓްތަކެއް ގަންނަން ރިޒާވް ކޮށްފައިވާކަމަށާއި އެތަންތަނަށް ދައްކަންޖެހޭ ފައިސާއިން ބައެއް ވިލާ ކުންފުނިން ދައްކާފައިވާކަމަށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ބުނާއިރަށް، ފުއްމައިގެން ތެދުވެ ފުލުހުންވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެވާހަކަތައް ދައްކާއިރު، އެއީ ހަމަ ހަގީގަތުގައި ހިންގާފައިވާ އަމަލެއްތޯ ބަލާލުން ރަނގަޅު ނޫންތޯ އެވެ. މިހާތަނަށް މެލޭޝިއާއިން އެޕާޓްމަންޓްތަކެއް ގަތްކަމަށްބުނާ ހެކި ދައުލަތަށް ލިބިފައެއް ނުވެއެވެ.

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާ މި މައްސަލާގައި ޓެރަރިޒަމް ދައުވާ އުފުލާފައިވާ ނުވަ ބޭފުޅުންގެ ޝަރީއަތުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުންތަކުގައި މުޅިންވެސް ފެންނަމުންދަނީ މިފަދަ ކަންކަމެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ "ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލަން ނިންމައި، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އެ މީހެއްގެ މައްޗަށް ދައުވާ އުފުލަންވާނީ، އެ ކުށާ ގުޅޭގޮތުން ފުރިހަމަވާންޖެހޭކަމަށް ގާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެގެންނެވެ" މިހެންނެވެ. ހަމަ މި ގާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަނީ ޖިނާއީ މައްސަލައެއްގެ ދައުވާ އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ އެ ދައުވާ ސާބިތުކުރުމަށް ބޭނުންވާ އެންމެހައި ހެއްކަކާ އެކުގައިކަމުގައެވެ. އެހެންކަމުން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވޭއިރު މައްސަލައިގެ ތަހުގީގު އޮންނަންވާނީ ފުރިހަމަވެފަ އެވެ.

ނަމަވެސް ސިޔާދު 100 އަށްވުރެ ގިނަ ދުވަހު ޖަލުގައި އެކަހެރިކޮށް ބަންދުކޮށްފައި ބަހައްޓާފައިވާއިރު، ގާނޫނުއަސާސީންނާއި ގާނޫނުތަކުން ލިބިދޭ އެތައް ހައްގެއް އެވަނީ އޭނާގެ ކިބައިން ނިގުޅައިގަނެފަ އެވެ.

ސިޔާދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި އެވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ކަނޑައެޅިގެން ހިލާފަށެވެ. ތަހުގީގު ފުރިހަމަ ކުރުމެއްނެތި، އަދި ކޮށްފައިވާ ދައުވާ މައިގަނޑު ހެކި ދައުލަތަށް މިހާތަނަށް ފެނިފައެއް ނުވެއެވެ.

ޕްރޮސެކިއުޓަރ ނެޖެނަލް އެވެ. މިއީ ސައްތައިން ސައްތައޭ މިކިޔާ އިސްލާމީ ގައުމެއްގައި މީހުން ޖަލަށްލާ، ދައުވާކޮށް، ޝަރީއަތް ހިންގަންޖެހޭ ގޮތްތޯ އެވެ. ދައުލަތުގެ ނަމުގައި ހަމައެކަނި މީހުންގެ މައްޗަށް ދައުވާ އުފުލުމަކުން ނުފުދެ އެވެ. ދައުލަތުގެ ނަމުގައި މީސްމީހުންގެ މައްޗަށް ދައުވާ ކުރާއިރު، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ކަށަވަރުކޮށްދިނުމަކީ ވެސް ދައުލަތުގެ ޒިންމާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް