ކޮކާ ކޯލާގެ އިޝްތިހާރެއް އަލަށް ރާއްޖޭގައި ހަދައިފިއެވެ.
މަޝްހޫރު ކޮކާ ކޯލާގެ ބުއިމުގެ އިޝްތިހާރު ލޯންޗުކޮށްފައިވަނީ މެއި 20 ވަނަ ދުވަހުގެ ރޭ މާގިރި ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ އިޝްތިހާރުގައި މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބު އާއި މުހައްމަދު ނިމާލް ފެނިގެންދެއެވެ.
ރާއްޖޭގައި ހެދި އެ އިޝްތިހާރުގައި ދައްކުވައި ދެނީ އާއިލާއެއްގެ އުފާވެރިކަން ކޮކާކޯލާ އިން ކެއުމުގެ ސުފުރާމަތީގައި ފުރިހަމަކޮށްދޭ ތަނެވެ. އަދި އެ އިޝްތިހާރުގައި ވާހަކަ ދައްކާފައިވަނީ ދިވެހި ބަހުންނެވެ.
ކޮކާކޯލާ އިން ބުނީ ރާއްޖޭގައި ހެދި ކޮކާ ކޯލާގެ އިޝްތިހާރުގައި ދިވެހިވަންތަކަން ގެނެސްފައިވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް ހާއްސަކޮށް ކޮކާ ކޯލާގެ އިޝްތިހާރުތައް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ކޮކާ ކޯލާ އަކީ ދިވެހިންގެ މަޝްހޫރުކަން ހޯދާފައިވާ ބުއިމެކެވެ.