ކ. މާލެ
|
20 މެއި 2018 | އާދީއްތަ 22:53
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
މަރުގެ ގިނަ މައްސަލަތައް ނުބެލި އޮތީ ތަހުގީގު ކުރާ މީހުންގެ މަސްލަހަތު އޮތީމަ: ރައީސް ނަޝީދު
ރާއްޖޭގައި އިޖްތިމާއީ ކަންކަން ވަނީ ހައްދުފަހަނަ އަޅާފައި
ކޮމްޕިއުޓަރ ގްރެފިކްސް އަށް ދެއްކޭނެ އެންމެހާ ނަލަ މަންޒަރުތައް ރައީސް ޔާމީން ދައްކަވަމުން ގެންދަވާ
ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ކަމަށް ކަނޑައަޅާފައިވޭ

ރާއްޖޭގައި ހިނގާފައިވާ މަރުގެ ގިނަ މައްސަލަތައް ނުބެލި އޮތީ ތަހުގީގު ކުރާ މީހުންގެ މަސްލަހަތު އެކަންކަމުގައި އޮތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖަޒީރާ ރައީސް ކެމްޕޭން ޖަހަގަ ހުޅުވުމަށް އާދިއްތަ ބޭއްވި ރަސްމިއްޔާތުގައި ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އިޖްތިމާއީ ކަންކަން ހައްދުފަހަނަ އަޅާފައިވާ މިންވަރު މާލޭގައި މަރާ އެއްލާލާފައިވާ މީހުންގެ އަދަދަށް ބެލިކަމުގައިވީ ނަމަވެސް ސާފުވެގެންދާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ އިޖްތިމާއީ ކަންކަން ހައްދުން ނައްޓާ ހުރި މިންވަރު ހަމައެކަނި މާލޭ މަގުމައްޗަށް މަރާ އެއްލާލައިފައިވާ އަދަދު މިދިޔަ ތިން ހަތަރު އަހަރު ތެރޭގައި 26 ފުރާނަ އަށްވުރެ ގިނަ. މީގެން ގިނަ މަރު ތަހުގީގެއް ނުކުރެވޭ، ތަހުގީގީ އިދާރާތަކުގައި ތިއްބަވާ ބޭފުޅުންގެ މަސްލަހަތު އެ ޖަރީމާތަކުގައި ހިމެނޭތީވެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިޤްތިސާދީ ތަރައްޤީ އާއި ތަނަވަސް ކަމާއި އިޖްތިމާއީ ހަމަޖެހުން ގުޅިފައި އޮތީ ވެރިން ކުރާ ކަންކަން ހިނގާގޮތާއި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކަށް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށާއި ގާނޫނާއި ގަވާއިދާ ޚިލާފަށް ބާއްވާ ޕްރައިމަރީތައް ބާތިލްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ވާހަކައަށް ރައްދު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ނިކުމެވަޑައިގެން ހުންނެވީ އެމަނިކުފާނުގެ ނަޒަރުގައި އިންތިހާބުގައި ވާދަކުރެއްވޭނެތީ ކަމަށެވެ. އަދި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ތެދުފުޅެއް އަޅުގަނޑަށްވެސް އިނގޭ އޭގެ ފަހުން ރައީސް ޔާމީން ކޯޓުގެ ފުރާޅުގެ ޓިނު ނަންގަވާ އެ ކޯޓަށް އެރިވަޑައިގަންނަވާ އެތަނުގެ ދެ ފަނޑިޔާރުން ހިފާ ގެންގޮސް ހައްޔަރުކޮށް އެހެން މޭރުމަކުން މިއަދު އެ ވާހަކަ އެބަ ދައްކަވާ. އެހެންނަމަވެސް އަޅުގަނޑުމެން އެންމެނަށް އިނގޭ އެއީ ގާނޫނީ ތަރަހައެއްވާ ވާހަކައެއް ނޫންކަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ތަރައްޤީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ކޮމްޕިއުޓަރ ގްރެފިކްސް އަށް ދެއްކޭނެ އެންމެހާ ނަލަ މަންޒަރުތައް ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ކަމަށެވެ.

"ދަންނަވަންތޯ ކޮމްޕިއުޓަރ ގްރެފިކްސް އަށް ދެއްކޭނެ އެންމެހާ ނަލަ މަންޒަރުތައް އަޅުގަނޑުމެންނަށް ދައްކަމުން ރައީސް ޔާމީން ވަޑައިގަންނަވާ. ކޮމްޕިއުޓަރ ގްރެފިކްސުން ވަރަށް ގިނަ އެއްޗެހި ކުރެހޭ ވަރަށް ގިނަ މަންޒަރުތައް ދެއްކޭ އެހެންނަމަވެސް އެކަންކަން ހަޤީޤަތަކަށް ވެދަނީ އިންސާފު ޤާއިމުކުރެވިގެން، ހަމަހަމަކަން ގެނުވިގެން، ވެރިކަން ސާފު ކުރެވުނީމަ ރައްޔިތުން ބާރުވެރި ކުރެވުނީމަ، ރައްޔިތުން ތަރައްޤީވީމައި، އަޅުގަނޑުމެންގެ އިޤްތިސާދީ ސިޔާސަތުކުގެ ނާރެސްއަކީ އާއިލާ، ގެ، އުފުލާ ދޭނީ ގެއެއްގެ އާމްދަނީ އެކަން އަޅުގަނޑުމެން ކުރާނީ ފިތުރަތުގެ އުސޫލުން. މި ދިވެހިރާއްޖެ އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ ހޯދާނަން. އެކަން ކުރުމަށް އެމްޑީޕީން މިތިބީ ނުކުމެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް