ކ. މާލެ
|
20 މެއި 2018 | އާދީއްތަ 22:29
އަލިފާނުގެ ހާދިސާ ހިނގި ގޭގައި ސިފައިންނާ ފުލުހުން ހަރަކާތްތެރިވަނީ
އަލިފާނުގެ ހާދިސާ ހިނގި ގޭގައި ސިފައިންނާ ފުލުހުން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓު ކޮށްފައިވަނީ 07:13 ގައި
އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ
ރޯވި އަލިފާންގަޑު ކޮންޓްރޯލް ކުރެވިފައިވަނީ 07:44 ގައި

ގ. އައްބާސާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ސިފައިންގެ މީޑިއާ އޮފިޝަލް އިބްރާހީމް އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓު ކޮށްފައިވަނީ 07:13 ހާއިރު ކަމަށާއި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ގޭގެ ގްރައުންޑް ފްލޯގައި ހުރި ކޮޓަރިއެއްގައި ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވި ނަމަވެސް އެ ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި ކަމަށެވެ. އަދި އެ ކޮޓަރިގައި ރޯވި އަލިފާންގަޑު ކޮންޓްރޯލް ކުރެވިފައިވަނީ 07:44 ގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ކޮޓަރީގައި އަލިފާނުގެ ހާދިސާ ހިނގަން ދިމާވި ސަބަބު ސިފައިން ހާމަކޮށްފައެއް ނުވެއެވެ.

    

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް