ކ. މާލެ
|
15 މެއި 2018 | އަންގާރަ 17:36
ރައީސް މައުމޫން ވިޝަން އޮޕިޓަކަލުން ނިކުމެވަޑައިގަންނަވަނީ
ރައީސް މައުމޫން ވިޝަން އޮޕިޓަކަލުން ނިކުމެވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ރައީސް މައުމޫންގެ ހާލަތު
ރައީސް މައުމޫން މާލެ ގެނެސް ލޮލުގެ ޑޮކްޓަރަކަށް ދައްކައިފި
ދައްކާފައިވަނީ ޑޮކްޓަރ ޖުނެއިދަށް
މާލެ ގެނައިރު އާއިލާއަށް އަންގާފައެއް ނުވޭ
ރައީސް މައުމޫން ކުރިން ލޮލުގެ އޮޕްރޭޝަނެއް ކުރައްވާފައިވޭ

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މާލެ ގެނެސް ލޮލުގެ ޑޮކްޓަރަކަށް ދައްކައިފިއެވެ.

ރައީސް މައުމޫން މިއަދު ހަވީރު 3 ޖެހިއިރު މާލެ ގެނެސް ދައްކާފައިވަނީ ވިޝަން އޮޕްޓިކަލަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އާމިނަތު ނާދިރާ ވިދާޅުވީ މައުމޫން ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަށްޓަކައި މާލެ ގެނައިރު އާއިލާއަށް އަންގާފައިނުވާ ކަމަށާއި ރައީސް މައުމޫން ކުރިން ލޮލުގެ އޮޕްރޭޝަނެއް ކުރައްވާފައިވުމުން އެކަމާ ގުޅިގެން ޑޮކްޓަރަށް ދެއްކި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެއި 13 ވަނަ ދުވަހު ރައީސް މައުމޫނުގެ މައްޗަށް ކޮށްފައިވާ ދައުލަތް ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުން ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކޯޓަށް ހާޒިރުވެވަޑައިގެންނެވެން ނެތް ކަމަށް ވިދާޅުވުމުން ކެންސަލް ކޮށްފައެވެ.

ދޫނިދޫގައި ރައީސް މައުމޫނު ހައްޔަރުކޮށްފައި ހުންނެވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އެ މައްސަލައިގެ ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް