ކ. މާލެ
|
12 މެއި 2018 | ހޮނިހިރު 20:17
އެޕްސްޓާރގެ އައު ސެޓެލައިޓް ލޯންޗު ކުރަނީ
އެޕްސްޓާރގެ އައު ސެޓެލައިޓް ލޯންޗު ކުރަނީ
ރާއްޖެ އެމްވީ
އެޕްސްޓާރގެ އައު ސެޓެލައިޓް
އެޕްސްޓާރގެ އައު ސެޓެލައިޓް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެޓީވީން ބައިވެރިވެއްޖެ
ލޯންޗު ކޮށްފައިވަނީ ތިން ސްޓޭޖް ހިމެނޭ ރޮކެޓެއް
އެ ކުންފުނިން މިހާރު ވެސް ދަނީ ދުނިޔޭގެ އޯބިޓްގައި ހަތަރު ސެޓެލައިޓް އޮޕަރޭޓް ކުރަމުން

އެޕްސްޓާރގެ އައު ސެޓެލައިޓް އެޕްސްޓާރ 6-C ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެޓީވީގެ ޗީފް ޓެކްނިކަލް އޮފިސަރ އިސްމާއިލް ޖިނާހު އާއި ހެޑް އޮފް ކޯޕަރޭޓް އެފެއާޒް އައިމިނަތު ރީޝާ ބައިވެރި ވެއްޖެއެވެ.

މި ސެޓެލައިޓް ލޯންޗިންގ އޭޕީޓީ ސެޓެލައިޓް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ބާއްވާފައިވަނީ މެއި 3 ވަނަ ދުވަހު ޝީޗަން ސެޓެލައިޓް ލޯންޗު ސެންޓަރުގައެވެ.

އޭޕީޓީ ސެލެޓެލައިޓް ކުންފުނިން މި ސެޓެލައިޓް ލޯންޗު ކޮށްފައިވަނީ ލޯންގް މާރޗް  3B (CZ-3B) ނަމަކަށް ކިޔާ ތިން ސްޓޭޖް ހިމެނޭ ރޮކެޓެއްގައެވެ. އެ ރޮކެޓަކީ ޖީޓީއޯއަށް ސެޓެލައިޓް ލޯންޗު ކުރުމަށް ބޭނުންކުރާ ބޮޑު އެއްޗެކެވެ.

އެ ކުންފުނިން މިހާރު ވެސް ދަނީ ދުނިޔޭގެ އޯބިޓްގައި ހަތަރު ސެޓެލައިޓް ކަމަށްވާ އެޕްސްޓާރ 5، އެޕްސްޓާރ 6، އެޕްސްޓާރ 7 ގެ އިތުރުން އެޕްސްޓާރ 9 އެއްގެ ސެޓެލައިޓުތައް އޮޕަރޭޓް ކުރަމުންނެވެ.

އޭޕީޓީ ސެޓެލައިޓް ކުންފުންޏަކީ 1992 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އަދި އެ ކުންފުންޏަކީ އެންމެ ފުޅާ ދާއިރާ އެއްގައި އޭޝިއާ، ޔޫރަޕް އަދި މެދެއިރުމަތީގައި ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

 

      

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް