ކ. މާލެ
|
12 މެއި 2018 | ހޮނިހިރު 03:55
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
މުހައްމަދު ފަޒީން
ހުޅުމާލެ ހޮސްޕިޓަލު
ޖަންގްޝަން ފުރިގެން ހުޅުމާލެ ހޮސްޕިޓަލްގެ ފާހަނަ އޯވަރ ފްލޯވުމުން ބަލި މީހުން އެހެން ވޯޑަކަށް ބަދަލުކޮށްފި
ބަދަލު ކޮށްފައިވަނީ އެމެޖެންސީ ވޯޑުގައި ތިބި މީހުން

ވާރޭވެހުމާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގެ ފާހަނަ އޯވަރ ފްލޯވުމުން އެމެޖެންސީ ވޯޑުގައި ތިބި ހުރިހާ ބަލި މީހުން އެހެން ވޯޑަކަށް މިރޭ ބަދަލު ކޮށްފިއެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރ އާޝިޔާ ސޯލިހް ވިދާޅުވީ ހުޅުމާލެއަށް ކުރި ވިއްސާރާގައި ވާރޭ ވެހުމުގެ ސަބަބުން، އެމެޖެންސީ ވޯޑުގެ ފާހަނަތައް އޯވަރ ފްލޯވުމުން ބަލިމީހުން އެހެން ވޯޑަކަށް ބަދަލު ކުރެވިފައިވާ ކަމަށާއި މިހާރު އެ މައްސަލަ ހައްލު ކުރުމަށް މެއިންޓޭނަންސް ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ވޯޑުގައި ތިބި ހުރިހާ ބަލި މީހުން ބަދަލު ކޮށްފައިވާއިރު ސީދާ ކިތައް މީހުން ކަމެއް ބަދަލު ކުރީ އާޝިޔާ ވިދާޅެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް