ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 18:32
މީރާ
މީރާ
މުހައްމަދު ޝަރުހާން
މީރާ
މިދިޔަ މަހު މީރާ އިން 1.2 ބިލިއަން ރުފިޔާ ބަލައިގެންފި!
އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.8 ޕަސަންޓް އިތުރު އަދަދެއް
މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބުނު

މިދިޔަ މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 1.2 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.8 ޕަސަންޓް އިތުރު އަދަދެއް ކަމަށެވެ. އަދި އެ އަދަދާއިއެކު މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށެވެ.

އޭޕްރިލް މަހު މީރާގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޖީއެސްޓީގެ ގޮތުގައި ބަލައިގެންފައިވާ އަދަދު އިތުރުވުން ކަމުގައި މީރާ އިން ވަނީ ބުނެފައެވެ. އަދި ޓޫރިސްޓުން ރާއްޖެއަށް އައި މިންވަރު އިތުރުވުމުގެ ސަބަބުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ.

މިދިޔަ މަހު އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ 64.0 އިންސައްތަ ޖީއެސްޓީ ހިއްސާކުރާއިރު ގްރީން ޓެކްސްއިން ލިބިފައިވަނީ 6.5 އިންސައްތައެވެ. ބީޕީޓީގެ ގޮތުގައި 6.1 އިންސައްތަ ލިބިފައިވާއިރު އެއަރޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވަނީ 4.7 އިންސައްތައެވެ.

މީގެ އިތުރުން އެއަރޕޯޓް ސާރވިސް ޗާޖްގެ ގޮތުގައި 4.7 އިންސައްތަ ލިބިފައިވާއިރު އެހެނިހެން ޓެކުހާއި ފީ ގެ ގޮތުގައި ވަނީ 13.9 އިންސައްތަ އެ އޮތޯރިޓީއަށް ލިބިފައެވެ.

އޭޕްރިލް މަހުގެ ތެރޭގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 47.12 މިލިއަން އެމެރިކާ ޑޮލަރު ހިމޭނެކަމަށްވެސް މީރާ އިން ވަނީ ބުނެފައެވެ.

 

 

 

 

- ކޮމެންޓް