ކ. މާލެ
|
8 މެއި 2018 | އަންގާރަ 18:45
ބައިކް ޓު ވޯކް ޑޭ ފާހަގަކުރުމުގެ ތެރެއިން
ބައިކް ޓު ވޯކް ޑޭ ފާހަގަކުރުމުގެ ތެރެއިން
ދިރާގު
ބައިކް ޓު ވޯކް ޑޭ
ބައިކް މޯލްޑިވްސްއާ ގުޅިގެން އިންޓަރނޭޝަނަލް ބައިކް ޓު ވޯކް ޑޭ ދިރާގުން ފާހަގަކޮށްފި
ކުންފުނީގެ މުވައްޒަފުން މިހާރު ކޮންމެ ބުރާސްފަތި ދުވަހަކު އޮފީހަށް ދަނީ ބައިސްކަލުގައި

ދިރާގުން ބައިކް މޯލްޑިވްސްއާ ގުޅިގެން އިންޓަރނޭޝަނަލް ބައިކް ޓު ވޯކް ޑޭ ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމަށްޓަކައި ބައިކް މޯލްޑިވްސްގެ މެމްބަރުންނާއި ދިރާގުގެ މުވައްޒަފުންނާއެކީ ދިރާގު ހެޑް އޮފީހުގައި ވަނީ ކުޑަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް މުހައްމަދު ވިދާޅުވީ ބައިކް މޯލްޑިވްސް އިން ކުރު މުއްދަތެއްގެ ތެރޭގައި ބައިސްކަލް ދުއްވުން މީހުންގެ ތެރޭގައި މަޝްހޫރު ކުރުވައި، ބައިސްކަލު ދުއްވުމަށް މީހުންނަށް ބާރު އަޅާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ބައިސްކަލް ދުއްވުމަށް ޝައުގުވެރިވެ އެކަން ފައްޓާފައިވާ ކަމަށްވެސް އިސްމާއިލް މުހައްމަދު ވިދާޅުވިއެވެ.

ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމަކަށްވާއިރު އެކަން ދިރުވުމަށް ބައިކް މޯލްޑިވްސްގެ ފަރާތުން ކުރާ މަސައްކަތަކީ އަގު ހުރި މަސައްކަތެއް ކަމަށް ދިރާގުން ބުންޏެވެ.

ބައިކް މޯލްޑިވްސްގެ ފައުންޑަރ އަހްމަދު ހަސަން ދީދީ ވިދާޅުވީ ބައިސްކަލުގެ އާދަ އަށަގެންނެވުމަކީ އިންޖީނުލީ އެއްޗެހިން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު މަދުކުރުމާއި މީހުން ހޭލުންތެރި ކުރުމާއެކު މަގުތަކަކީ އަމާންތަނަކަށް ހެދުން ކަމުގައެވެ.

ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ތިމާވެއްޓަށް އަހަންމިއްޔަތުކަމެއް ދެވިފައިވާއިރު މުޅި ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ސޯލަޕެނަލް ބޭނުންކުރަމުންދާ އެއް ކުންފުންޏަކީ ދިރާގު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށް އާންމުން ހޭލުންތެރިކުރުވުމަކީވެސް އެކުންފުނިން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ ބައިކް މޯލްޑިވްސް އިން ތިމާވެށި ރައްކާތެރިކޮށް ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓު ކުރަން ކުރާ މަސައްކަތް ފާހަގަކޮށް އެ ޖަމްއިއްޔާ އަށް ހަނދާނީ ފިލައެއް ދީފައެވެ.

ދިރާގުގެ ސީއެސްއާރުގެ ދަށުން އެކުންފުނީގެ މުވައްޒަފުން މިހާރު ކޮންމެ ބުރާސްފަތި ދުވަހަކު އޮފީހަށް ދަނީ ބައިސްކަލުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް