ކ. މާލެ
|
8 މެއި 2018 | އަންގާރަ 17:49
ޔުމްނާ ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ހުންނަވަނިކޮށް
ޔުމްނާ ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ހުންނަވަނިކޮށް
ރާއްޖެއެމްވީ
ޔުމްނާ މައުމޫނު
ވަކީލެއް ހަމަޖައްސަން ޔުމްނާއަށް 5 ދުވަސް ދީފި
ޔުމްނާގެ ބައްޕާފުޅާއި ފިރިކަލުންނާއި ކޮއްކޯފުޅުވެސް ހުރީ ބަންދުގައި
ޔުމްނާގެ މައްޗަށްކޮށްފައި ތުހުމަތަކީ ބައެއް ފަރާތްތަކަށް ރިޝްވަތުދީގެން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތު

ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ވަކީލެއް ހަމަޖައްސަން ފަސްދުވަހުގެ މުއްދަތެއް ދީފިއެވެ.

ޔުމްނާ ހޯމަ ދުވަހުގެ ހަވީރު 4:00 އަށް ފުލުހަށް ހާޒިރުވާން އެންގުމުން ޔުމްނާ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެން، މައްސަލައިގައި ކުރިއަށްދާން ބޭނުންވެވަޑައިގަންނަވަނީ ޤާނޫނީ ވަކީލަކާއިއެކު ކަމަށް ވިދާޅުވުމުން، ފުލުހުން ވަނީ ކުރިން ވަކީލެއް ހަމަޖައްސަން އެއްދުވަސް ދީފައެވެ. އެހެން ނަމަވެސް އެއް ދުވަހުން ޤާނޫނީ ވަކީލެއް ހޯދުމަށް ދަތިވާނެކަމަށް ފުލުހުންނަށް އިއްޔެ ޔުމްނާ ދެންނެވިއެވެ.

ޔުމްނާގެ މައްޗަށްކޮށްފައި ތުހުމަތަކީ ބައެއް ފަރާތްތަކަށް ރިޝްވަތުދީގެން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތެވެ.

ޔުމްނާގެ މައްޗަށް މި ތުހްމަތުކޮށްފައިވާއިރު އޭނާގެ ބައްޕާފުޅު މައުމޫނާއި ފިރިކަލުން މުހައްމަދު ނަދީމާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ފާރިސް މައުމޫނުގެ މައްޗަށްވެސް އެ ފަދަ ތުހްމަތުތަކެއްކޮށް ވަނީ ދައުވާ އުފުލާފަ އެވެ. އަދި އެ ބޭފުޅުން ތިއްބެވީ އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ބަންދުކޮށްފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް