ކ. މާލެ
|
8 މެއި 2018 | އަންގާރަ 03:01
އެޗްޑީއެފްސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެޗްޑީއެފްސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެޗްޑީއެފްސީ
އެޗްޑީއެފްސީ
އެޗްޑީއެފްސީ އިން ހިއްސާއަކަށް 22 ރުފިޔާ ބަހަން ނިންމައިފި
ސާފު ފައިދާގެ ގޮތުގައި 81.2 މިލިޔަން ރުފިޔާ ލިބިފައިވޭ

ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 22 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.

އެ ކުންފުންޏަށް 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 81.2 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ ކުންފުނީގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ފައިދާއެވެ.

އެޗްޑީއެފްސީގެ އަހަރީ އާންމު ޖަލްސާގައި ބާއްވާފައިވަނީ މެއި 4 ވަނަ ދުވަހު ހުޅުލެ އައިލެންޑް ހޮޓަލުގައެވެ.

އެ ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި މިއަހަރުވެސް ވަނީ ޕްރައިސްވޯޓާ ހައުސް އެންޑް ކޫޕާސް ހަމަޖައްސާފައެވެ.

އެޗްޑީއެފްސީއަކީ ހައުސިން ސްކީމުތަކަށް ލޯނު ނުވަތަ ފެސިލިޓީ ޕްރޮޑަކްޓްތަކެއް ދޫކުރާ ކުންފުންޏަކަށްވާއިރު، އެކުންފުނީގެ ޕްރޮޑަކްޓްތައް ދޫކުރަނީ ދެ އުސޫލަކުންނެވެ. އެއީ ކޮންވެންޝަނަލް އުސޫލުގެ އިތުރުން އެޗްޑީއެފްސީ އަމްނާގެ ދަށުން އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުންނެވެ. އެ ކުންފުނީގެ ދެ އުސޫލުގެ އޮޕަރޭޝަންތައް ވެސް ހިންގަނީ މަސްހުނި ނުވެ، ވަކި ވަކީންނެވެ. އެހެންކަމުން ދެ އުސޫލުގެ އޮޕަރޭޝަންތަކުން ކުންފުންޏަށް ލިބޭ ފައިދާ ވެސް އެއް ނުކުރެއެވެ.

 

- ކޮމެންޓް