ކ. މާލެ
|
6 މެއި 2018 | އާދީއްތަ 22:57
އެސްޓީއޯގެ މައި އޮފީސް - އެ ކުންފުނިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނައުމަށް ވަނީ ނިންމާފަ
އެސްޓީއޯގެ މައި އޮފީސް - އެ ކުންފުނިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނައުމަށް ވަނީ ނިންމާފަ
މުހައްމަދު ޝަރުހާން
ތެޔޮ ވިއްކާ އަގު ބޮޑުކުރުން
އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި
ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 10.72ރ އަށް
ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 10.42ރ އަށް

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން އާންމު ކޮށްފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ ތެލުގެ އަގު ބޮޑުކުރުމަށް ނިންމީ ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު އުފުލެމުންދިޔުމާއި ގުޅިގެން ކަމަށެވެ.

ބޮޑުކުރުމަށް ނިންމާފައިވަނީ ކޮންމެ ޑީސަލް ލީޓަރަކުން 31 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 31 ލާރި ބޮޑުވާނެއެވެ. އެގޮތުން މާދަމާ އިން ފެށިގެން ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 10.72ރ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 10.42ރ އަށެވެ.

އެސްޓީއޯ އިން ވަނީ މި އަހަރުގެ އޭޕްރިލް މަހުވެސް ޑީސަލް ލީޓަރަކުން 20 ލާރި ބޮޑުކޮށްފައެވެ.

 

- ކޮމެންޓް