ކ. މާލެ
|
1 މެއި 2018 | އަންގާރަ 19:40
ސަޓާ އެވޯޑްގެ މިދިޔަ އަހަރުގެ ރަސްމިއްޔާތުގެ ތެރެއިން
ސަޓާ އެވޯޑްގެ މިދިޔަ އަހަރުގެ ރަސްމިއްޔާތުގެ ތެރެއިން
ރިޒްނާ ޒަރީރު
ސަޓާ އެވޯޑްސް
ސަޓާގެ ހޮސްޕިޓާލިޓީ ޕާޓްނަރ ހަމަޖައްސައިފި
މިއަހަރު ސަޓާ އެވޯޑްސް ބާއްވަނީ އިންޑިއާގައި
އޮންލައިން ވޯޓިންގ ކުރިޔަށް ދާނީ ސަޓާގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް

ފަތުރުވެރިކަމުގެ ދާއިރާގައި މިސަރަހައްދުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ހޮސްޕިޓާލިޓީ ޕާޓްނަރއަކަށް ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރަމަދާ ހޮޓެލް ހަމަޖައްސައިފިއެވެ.

މި ހޮޓަލަކީ ފަތުރުވެރިންނާއި، ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު ހޮޓެލެކެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:

  1. އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
  2. ފެޑެރޭޝަން އޮފް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
  3. ކޮލޮމްބޯ ޗެމްބާ އޮފް ކޮމާސް
  4. ކޮންފެޑެރޭޝަން އޮފް އެސޯސިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)
  5. ލިވްއެބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
  6. އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  7. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  8. ނޭޕާލް ޓޫރިޒަމް ބޯޑު
  9. އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  10. ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖަރސް ކްލަބް
  11. އިންޑިއާ އެސޯސިއޭޝަން އޮފް ޓުއަރ އޮޕަރޭޓާސް
  12. ހޮޓެލް އެންޑް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ބޫޓާން

ސަޓާއަށް އޮންލައިންކޮށް ވޯޓްލުމުގެ ފުރުސަތު ވަނީ ޖޫން މަހުގެ ނިޔަލަށް ހުޅުވާލާފައެވެ. އަދި އޮންލައިން ވޯޓިންގ ކުރިޔަށް ދާނީ ސަޓާގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށެވެ.

ސަޓާ އެވޯޑްސް އަށް 50 ދާއިރާއަކުން ޖުމްލަ 500 އަށް ވުރެ ގިނަ ފަރާތަކުން ނޮމިނޭޓްވެފައިވާކަމަށް އެވޯޑް އިންތިޒާމްކުރާ ހައިރައިޒް ކުންފުނީގެ ފަރާތުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގައި ކުލަގަދަކޮށް ބޭއްވި 2017 ވަނަ އަހަރުގެ ސަޓާ އެވޯޑުގެ ޝަރަފުވެރި 24 އެވޯޑެއް ރާއްޖޭގައި ޓޫރިޒަމް ހިދުމަތް ދޭ ފަރާތްތަކަށް ވަނީ ލިބިފައެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަކީ ރާއްޖޭގެ މަޝްހޫރު އިވެންޓް މެނޭޖްމެންޓް ކުންފުނި ހައިރައިޒްގެ ބައިނަލްއަގުވާމީ ބްރޭންޑެކެވެ. ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައެވެ.

މި އަހަރު ސަޓާ އެވޯޑްސް ބޭއްވުމަށް ރާވާފައިވަނީ ސެޕްޓެމްބަރު މަހު އިންޑިއާގައި ކަމަށް ހައިރައިޒް ކުންފުނިން ބުންޏެވެ.

 

- ކޮމެންޓް