ކ. މާލެ
|
1 މެއި 2018 | އަންގާރަ 13:28
މިދިޔަ އަހަރު ދިރާގުން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން
މިދިޔަ އަހަރު ދިރާގުން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން
ރާއްޖެ އެމްވީ
ދިރާގުގެ އަހަރީ އާންމު ޖަލްސާ
ދިރާގުގެ އަހަރީ އާންމު ޖަލްސާ 14ގައި
އަހަރީ އާންމު ޖަލްސާ މެއި 14 ވަނަ ދުވަހުގެރޭ 08:30 ގައި ކުރުނބާ ރިސޯޓުގައި އޮންނާނެ

ދިރާގުގެ އަހަރީ އާންމު ޖަލްސާ މެއި 14 ވަނަ ދުވަހުގެ ރޭ 08:30 ގައި ކުރުނބާ ރިސޯޓުގައި ބާއްވަން ނިންމައިފިއެވެ.

ދިރާގުގެ އަހަރީ އާންމު ޖަލްސާގައި 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ހިސާބުތައް ފާސްކުރުން އޮންނާނެއެވެ.

އޭގެ އިތުރުން ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ އަލުން ހަމަޖެއްސުމަށާއި، ކުންފުނީގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރެއް ހަމަޖެއްސުމާއި، 2017 ވަނަ އަހަރުގެ ފުލް ޑިވިޑެންޑާއި ފައިނަލް ޑިވިޑެންޑް ފާސްކުރުން ހިމެނެއެވެ.

އިންޓަރިމް ޑިވިޑަންޑްގެ ގޮތުގައި ދިރާގުން މިދިޔަ އަހަރު ވަނީ ހިއްސާއަކަށް 5.96 ރުފިޔާ ބަހާފައެވެ.

ދިރާގަށް މިދިޔަ އަހަރު ވަނީ 2.6 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.

 

- ކޮމެންޓް