ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 20:25
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގެ ތެރެއިން
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގެ ތެރެއިން
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލް އިން މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
ސްޓާފް އެވޯޑް ހަފްލާއަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ބާއްވާ މުހިންމު އެއް ހަރަކާތް

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް އެވޯޑް ދީފިއެވެ.

އޭޕްރިލް 27 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި މި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އެންޑްރޫ ހީލީ އާއި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެގްޒެކްޓިވް ކޮމިޓީގެ މެންބަރުންނެވެ

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ އޮފް ދަ އިޔަރ، ބެސްޓް ލީޑަރ، ބެސްޓް މެނޭޖަރ، ބެސްޓް ޑިވިޝަނަލް ސްޓާފް، ވޮލަންޓިއަރ ސާވިސް، ސްޕޯޓްސް ސްޕިރިޓް، ރެކަގްނިޝަން ފޯ އެޗީވްމަންޓް، އިނޮވޭޝަން، އަންސަންގް ޗެމްޕިއަން، ކަސްޓަމަރ ސާވިސް ސްޓާރ، ރައިޒިންގ ސްޓަރ، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ދޯނި ސްޓާފް، ބެސްޓް މާލޭ ބްރާންޗް، ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް އަދި ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ވަނީ ދީފައެވެ.

އަގުވަޒަންކުރި މުވައްޒަފުން:

  1. މޫސާ މުޙައްމަދު (ޕްރޮޕަޓީސް ޔުނިޓް) އަށް އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް
  2. ހުޝާމް ސަޢީދު (އިންފޮމޭޝަން ޓެކްނޮލޮޖީ) ބެސްޓް ލީޑަރ އެވޯޑް
  3. މޫސާ މުންސިފް މުޙައްމަދު (ސްޓެޓީޖިކް ޕްލޭނިންގ އެންޑް ޗޭންޖް) އަދި ކްރެޑިޓް ޑިވިޝަން ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް
  4. ސަހާ ވަޙީދު (ޕީޕަލް އެންޑް ޗޭންޖް) އެކްސެޕްޝަނަލް ކޮންޓްރިބިއުޝަން އެވޯޑް

ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރެވުމަކީ ލިބޭ ވަރަށް ބޮޑު ފަޚްރެއް ކަމަށާއި ބޭންކުން ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ އެ މުވައްޒަފުން ކަމަށެވެ.

ސްޓާފް އެވޯޑް ހަފްލާއަކީ ބޭންކުގެ ހިއުމަން ރިސޯސަސް ސްޓްރެޓެޖީގެ ދަށުން ބާއްވާ މުހިންމު އެއް ހަރަކާތެވެ.

މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިއާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" މިދިޔަ އަހަރު ބޭންކަށްވަނީ ލިބިފައެވެ.

 

 

- ކޮމެންޓް