ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 08:13
އެމްޓީސީސީގެ  އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ސިމާހާ ނަސީމް
އެމްޓީސީސީގެ ހިއްސާ ބެހުން
އެމްޓީސީސީގެ ހިއްސާއަކަށް މިފަހަރު 2.60ރ ބަހަން ނިންމައިފި
އެމްޓީސީސީއަށް ލިބުނު އާމްދަނީއަށް ބަލާއިރު އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާ
ދަތުރުފަތުރުކުރުމުގެ ދާއިރާއިން މިއަހަރު ވަނީ ގެއްލުންވެފައި
އެމްޓީސީސީން ދަރަންޏަށް ކެނޑުމަށް ފަހު ޖުމްލަ އެސެޓް ހުރީ 964.39 މިލިއަން ރުފިޔާގައި

ނިމިދިޔަ އަހަރު އެމްޓީސީސީ އަށް ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 2.60ރ ބަހަން އެ ކުންފުނިން ފާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެފައި ވަނީ 49 ހިއްސާދާރުންނާއި 452 ޕްރޮކްސީއާ އެކު ޖުމުލަ 501 ހިއްސާދާރުންނެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން 1.29 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށް 145.37 މިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދާފައިވާ ކަމަށާއި މިއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު 26 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

އެމްޓީސީސީއަށް ލިބުނު އާމްދަނީއަށް ބަލާއިރު އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއެވެ. އެ ދާއިރާ އިން 63 މަޝްރޫއެއްގައި މަސައްކަތްކޮށް 36 މަޝްރޫއުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި 798 މިލިއަން ރުފިޔާގެ އާންދަނީއެއް ވަނީ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓުން ހޯދާފައެވެ. މިއީ ކުންފުނީގެ މުޅި އާމްދަނީގެ 61 އިންސައްތައެވެ.

ދަތުރުފަތުރުކުރުމުގެ ދާއިރާ އިން 2017 ވަނަ އަހަރު އެމްޓީސީސީއަށް 55.86 މިލިއަން ރުފިޔާ ގެއްލުންވެފައިވާއިރު، 2016 ވަނަ އަހަރު 35.14 މިލިއަން ރުފިޔާގެ ގެއްލުން އެ ކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 37 އިންސައްތައިގެ ގެއްލުމުގެ އިތުރުވުމެކެވެ.

މީގެ އިތުރުން ޑޮކިންގް އެންޑް މެއިންޓޭނަންސްގެ ދާއިރާ އިން 1.38 މިލިއަން ރުފިޔާގެ ގެއްލުން މިދިޔަ އަހަރު ލިބިފައިވާއިރު މި ދާއިރާއަށް 2016 ވަނަ އަހަރު ލިބުނީ 7.19 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

އެމްޓީސީސީން ދަރަންޏަށް ކެނޑުމަށް ފަހު ޖުމްލަ އެސެޓް ހުރީ 964.39 މިލިއަން ރުފިޔާގައެވެ.

އެމްޓީސީސީން ހިއްސާގެ ފައިސާގެ ގޮތުގައި 2016 ވަނަ އަހަރު ހިއްސާއަކަށް 24ރ. ވަނީ ބަހާފައެވެ.

 

- ކޮމެންޓް
27 އޭޕްރިލް 2018 | ހުކުރު 06:56
ކިއްލިގޮއްޓެއްވެސް
ނުލިބޭނެ ކިއްލިގޮއްޓެއްވެސް 2.60ރ އަކަށް