ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 14:34
ފަހުމީގެ މަންމަ، ހަދީޖާ ފަހުމީ،އ 46
ފަހުމީގެ މަންމަ، ހަދީޖާ ފަހުމީ،އ 46
ރާއްޖެއެމްވީ
އައްޑޫ ސިޓީން ގެއްލުނު ކުދިން
ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
ހުކުރު ދުވަހުގެރޭ ދަންވަރު ފަހުމީ ކޮބާތޯ ބެލުނު
ހޮނިހިރު ދުވަހު ސްކޫލްގައި ހުރެފައި ގެއަށް އައީ ބޮޑުކަމެއް ވާން އުޅޭހެން ހީވެގެން
ހަދީޖާ އެދެނީ ދަރިފުޅުގެ ފުރާނަ ނެތް މަސްގަޑު ނަމަވެސް ފެންނަން

"ރޭގަނޑުވެސް ނުވެސް ނިދޭ ( ފަހުމީ ގެއްލުމުގެ ކުރީ ދުވަހުގެ ރޭ). ހަމަ ތެދުވެ ހޯދެނީ، ކުދިން ހަމަތޯވެސް ބެލެނީ، ކުދިން ކޮބާތޯ ވެސް ބެލެނީ، ހައެއް ޖަހާކަން ހާއިރު (ހުކުރު ދުވަހު ހެނދުނު) ތެދުވެ ބެލެނީ" މިއީ ސ. ހިތަދޫ ޗަބޭލީގޭ އުމުރުން 17 އަހަރުގެ އަލީ ފަހުމީގެ މަންމައަށް ހުކުރު ދުވަހުގެ ރޭ ކުރެވުނު އާދަޔާ ހިލާފް އިހްސާސްތަކުގެ ވާހަކައެވެ.

ފަހުމީގެ މަންމަ، ހަދީޖާ ފަހުމީ 46އ ރާއްޖެއެމްވީއަށް ކިޔާދިން ގޮތުގައި ކޮންމެވެސް ބޮޑުކަމެއް ވާން އުޅޭކަމަށް އޭނާގެ ހިތް ބުނަމުން ދިޔައީ، ދަރިފުޅު ގެއްލުމުގެ ކުރީ ދުވަހުގެރެއާއި، އެދުވަހުގެ ހެނދުނުގައެވެ. ފަހުމީ ގެއްލުނީ ހޮނިހިރު ދުވަހުގެ ހަވީރު ކަމަށްވާއިރު، އެދުވަހު އޭނާއަށް ކުރި އިޙްސާސްތަކުގެ މައްޗަށް އޭނާ އަމަލު ވެސް ކުރިއެވެ.

ދަރިފުޅު ގެއްލިގެން ހިތާމާއިގައި އިން ހަދީޖާ ބުނީ، ދަރިފުޅު ގެއްލުމުގެ ކުރީ ދުވަހު ކޮންމެވެސް ބޮޑު ހާދިސާއެއް ހިނގަން އުޅޭ ކަމަށް ހީވެ، ދަރިން ހަމައަށް ތިބިތޯ ވެސް ބެލުނު ކަމަށެވެ. ހިތަދޫ ސްކޫލުގައި މަސައްކަތު މީހަކަށް އުޅޭ ހަދީޖާ އެ ދުވަހު ( ހޮނިހިރު ދުވަހު) ޑިއުޓީއަށް ދިޔައީ އޭނާގެ ދަރިފުޅު (ފަހުމީ) އަށް ސައިދީފައެވެ. އެހެން ނަމަވެސް ޑިއުޓީގައި ހުރުން ވެސް އޭނާއަށްވީ އުނދަގޫ ކަމަށެވެ. މަސައްކަތް ކުރާ ހިތެއް ނުވެއެވެ. އެންމެ ފަހުން ކެއްނުކުރެވިގެން ޑިއުޓީގައި ހުރެފައި ގެއަށްދާން މަޖުބޫރު ކުރުވިއެވެ.

"އެ ދުވަހު ހެނދުނު ސްކޫލަށް ގޮސް ހުއްޓާ، ވަރަށް ބިޔަ ރާޅުތަކެއްގެ އަޑު އިވުނީ، ދެން ހިތަށް އަރާ އެއީ ސުނާމީ ކަންނޭގެއޭ، ހަމަ ގެއަށްދާންވީއޭ، ނުހުރެވޭނޭ ހަމަ، ވަރަށް އެހެން ކަހަލަ އިޙްސާސްތަކެއް، ވަރަށް ބޮޑަތި ރާޅުތަކެއް ނަގާ، ހީވަނީ ހަމަ ސުނާމީ އަރައިގެން އަންނަހެން، އެހެންވީމަ  ޑިއުޓީގަ ހުންނަ ހިތް ނުވީ،" ހަދީޖާއަށް ޑިއުޓީގައި ހުރެފައި ގެއަށްދާން ޖެހެނީ އެނާގެ ސިކުޑީގައި މިފަދަ ހިޔާލުތަކެއް އުބުރޭތީ ކަމަށް ބުޏެއެވެ.

ހަދީޖާ ފަހުމީ ރާއްޖެއެމްވީއަށް މައުލޫމާތު ދެނީ 

ސްކޫލްގައި ހުރެފައި ހަދީޖާ ގެއަށް ދިޔަ އިރު، ފަހުމީ ވަނީ އޭނާގެ އެންމެ ގާތް ދެ ރަޙްމެތްތެރިން ކަމަށްވާ ހިތަދޫ ޓޮޕާޒްގޭ އުމުރުން 14 އަހަރުގެ މަޔާމިން އަލީ އާއި، ހިތަދޫ ބްލޫގޭ އުމުރުން 16 އަހަރުގެ އަލީ ރާއިފް އާއި ފުޓްބޯޅަ މުބާރާތަށް ޕްރެކްޓިސްކުރުމަށް (މައިލޯ ދަނޑަށް) ކުޅެން ގޮސްއެވެ. އެހެންނަމަވެސް އެކަމެއް ހަދީޖާއަކަށް ނޭނގެއެވެ.

"ގެއްލުނުކަން އެނގުނީ، ކޮންމެވެސް ދައްތައެއް ފޯނުކޮށްފަ ބުނީ ކޮބާހޭ އަލީ، ނޭނގެ އޭ ކުޅެން ކަންނޭގެއޭ، ދެން ބުނީ ( ހަދީޖާއަށް ގުޅި ދައްތަ)  ކޮބާހޭ ބޫޓް؟ ބޫޓް އެބަހުރިހޭ،  އެބަހުރި ހޭ، ބޫޓް އެބަ ހުއްޓޭ ބުނީމަ، ދެން ބުނީ ދެން ކޮންތަނަކަށްހޭ ދިޔައީ، ނޭނގެއޭ ދިޔަ ތަނެން ސްކޫލްގައޭވީ، ދެން ކިހެނެތްވީހޭ އެހީމަ ބުނީ، އަލީ ނުފެނިގެންނޭ މިއުޅެނީ، ކޮންތަނަކުންހޭ ބުނީމަ، ގެންލިގެންނޭ ބުނީ، ދެން" ދަރިފުޅު ގެއްލިގެން އެޅޭ ވާހަކަ އިނގުނު ގޮތް ހަދީޖާއަށް ކިޔައިދީނީ އަސަރާއެކުގައެވެ.

އެ ހިތްދަތި ވާހަކަތަށް ކިޔާދެން މިއަދު ގޮތްހުސްވެފައި ހުރި ހަދީޖާއަށް އުނދަގޫވިއެވެ. ހަދީޖާގެ ލޮލުން ކިތެއްމެ ގިނަ ކަރުނައެއް ފައިބިކަމުގައިވިއަސް، އެނާގެ ދަރިފުޅު ސިފަކޮށްލަ ދިނީ އެންމެ ޖުމްލައަކުންނެއެވެ

ސ. ހިތަދޫ ޗަބޭލީގޭ އުމުރުން 17 އަހަރުގެ އަލީ ފަހުމީ

 

"އެއީ މަށަށް  ވަރަށް ހިތްހެޔޮ ރަނގަޅު ކުއްޖެއް" ގެއްލިގެން ހޯދަމުންދާ ފަހުމީގެ މަންމަ ބުންޏެވެ.

ފަހުމީ އާއި އޭނާގެ އެކުވެރިޔާ މަޔާމީން ގެއްލުނުތާ މިއަދަށް ތިން ދުވަސްވީއެވެ. އެހެން ނަމަވެސް ހަދީޖާ އުންމީދެއް ގެއްލުވައެއް ނުލައެވެ. ކަނޑު މަގުންނާއި ވައިގެ މަގުން ދަރިފުޅު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހޮނިހިރު ދުވަހު މޫދަށް އެރިގެން އުޅެނިކޮށް، ގެއްލުނު އޭނާގެ ދަރިފުޅު ފެންނާނެ ކަމަށް އުންމީދު ކުރެއެވެ. ދަރިފުޅު ފެނިއްޖެތޯ، ބެލުމަށް ކޮންމެ ދުވަހަކު ފުލުހަށް ފޯނު ކުރެއެވެ.

"އަދިވެސް އޭނާގެ މަސްގަނޑު ވެސް ލޮލުން ދެކިލަން ބޭނުން، އެންމެ ފަހު ވަގުތު ވެސް އެ މަސްގަނޑު ލޮލުން ދެކިލަން ބޭނުން، ޕޮލިހަށް ވެސް ރޭގަ ގުޅާފަ ބުނިން ކޮބާހޭ ހޯދަން މަސައްކަތް އެބަކުރޭހޭ، ބުނީމަ ބުނީ، އެމްއެންޑީއެފް ކޯސްގާޑާއި ގުޅިގެން މަސައްކަތް ކުރާ ކަމަށް، ބުނީމަ މަ ބުނިން، ފުރާނަ ނެތް މަސްގަނޑުވެސް އެންމެ ފަހަރަކު ދެކިލަން ބޭނުމޭ"  ފަހުމީގެ މަންމަ ބުންޏެވެ.

ފަހުމީ އާއި މިޔާމީން ގެއްލުނު ސަރަހައްދު 

ގެއްލިގެން ހޯދަމުންދާ ފަހުމީއާއި މަޔާމީން އެގެއަށް ވަރަށް ގިނައިން އަންނަ ކަމަށް ހަދީޖާ ބުންޏެވެ. އެ ދެ ކުދިން ފެނާނެ ކަމަށް އުންމީދުކުރާއިރު، އާއިލާ އާއި ގާތް ރަޙްމެތްތެރިންގެ ފަރާތުން އޭނާ އަށް ހިތްވަރު ލިބެއެވެ. މި ހިތްދަތި ދުވަސްތަށް އޭނާ ގުނަމުންދާއިރު، ފަހުމީގެ ފުރާނަ ނެތް މަސްގަނޑު ނަމަވެސް ފެންނާނެ ކަމަށް އޭނާ އުންމީދު ކުރެއެވެ.

- ކޮމެންޓް
24 އޭޕްރިލް 2018 | އަންގާރަ 08:53
ރޫބީ
އިރާދަކުރެއްވީޔާ ވަރަށް އަވަހަށް ދަރިފުޅު ފެންނާނެ ،ހިއްވަރުކުރާތި ހަދީޖާތާ
24 އޭޕްރިލް 2018 | އަންގާރަ 06:38
Aishath
Adhi iraadhu kurehvihyya fehnaane Aailaa ah kehtherikan dhehvaashi Aameen
24 އޭޕްރިލް 2018 | އަންގާރަ 06:11
Mameh
Rovijje dhuaa aki e dhekudhin ves heyohaalugaa fenun