މީޑިއާނެޓްގެ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.
"މީޑިއާނެޓް ރޯދަ ހަދިޔާ 2018" ޕްރޮމޯޝަންގެ ދަށުން ބޮޑު އިނާމެއްގެ ގޮތުގައި 05 ދުވަހު ދުބާއީގައި ހުރުމާ އެކު ދެ މީހަކަށް ޓިކެޓްގެ އިތުރުން ވީކްލީ ޕްރައިޒެއްގެ ގޮތުން 55 އިންޗީގެ ހެޗްޑީ ޓީވީއަކާއި 50 އިންޗީގެ ހެޗްޑީ ޓީވީއެއް އަދި 43 އިންޗީގެ އެޗްޑީ ޓީވީއެއް ލިބިގެންދާނެއެވެ.
މީޑިއާނެޓްގެ ފަރާތުން ބުނީ ގްރޭންޑް ޕްރައިޒް ލިބިގެންދާނީ ފުލް ޕެކޭޖް ނަގާފައިވާ ކަސްޓަމަރުންނަށް ކަމަށާއި ވީކްލީ ޕްރައިޒް ލިބިގެންދާނީ ފެމެލީ ޕެކެޖް ނަގާފައިވާ ކަސްޓަމަރުންނަށް އެކަނި ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ވީކްލީ ޕްރައިޒްއަކަށް އައިޕެޑެއް ވެސް ލިބިގެންދާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ. އަދި މި ވީކްލީ ޕްރައިޒް ވެސް ލިބިގެންދާނީ ފުލް ޕެކޭޖް ނަގާފައިވާ ކަސްޓަމަރުންނަށެވެ.
މީގެ އިތުރުން ސޭލްސް ސެންޓަރ އަށް ގޮސް ޕެކޭޖް ނަގާ ފަރާތްތަކުގެ ތެރެއިން ހޮވޭ ބައެއް ފަރާތްތަކަށް ސަޕްރައިޒް ގިފްޓެއް ވެސް ލިބިގެންދާނެއެވެ.
މީޑިއާނެޓުން އިތުރަށް ބުނީ ގުރުއަތުން ހޮވޭ ފަރާތްތަކުގެ މައުލޫމާތު އެ ފަރާތުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހިއްސާ ކުރާނެ ކަމަށެވެ.
މިއީ މިޑީއާނެޓުން ކަސްޓަމަރުންނަށް ގިނަ އިނާމްތަކެއް ލިބޭ ގޮތަށް ފަށާފައިވާ ފުރަތަމަ ޕްރޮމޯޝަނެވެ.