ސޮނީ ހާރޑްވެއަރ އިން އޭޕްރިލް 15 ވަނަ ދުވަހު ފަށާފައިވާ ރޯދަ ބާޒާރު ޕްރޮމޯޝަންގައި ބައިވެރިވެގެން ކޮންމެ ދުވަހަކު ފަސްހާސް ރުފިޔާގެ ގިފްޓް ވައުޗަރ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސޮނީ ހާރޑްވެއަރ އިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވެގެން 50 ފަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި ރޯދަމަހަށް ޙާއްސަކޮށް ގެނެސްފައިވާ ފްރާންސްގެ ބްރޭންޑެއް ކަމަށްވާ ޓިފަލް އަދި މޮލިނެކްސް ބްރޭންޑްގެ ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ އެންމެހާ ސާމާނު، ލައިޓިން ސާމާނާއި ތަށިމުށި ހާއްސަ ހެޔޮ އަގެއްގައި ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ވެސް ޔޫރަޕްގެ ނަން މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ އޮސްރާމް، ޖޮސެފް ލައިފައިޓް، ބްރަބާންޝިއާ އަދި އެމެރިކާގެ މަޝްހޫރު ކޮރޭލް ބްރޭންޑްގެ ސާމާނު އެ ފިހާރައިން ލިބޭނެ ކަމަށް ސޮނީ ހާރޑްވެއަރ އިން ބުންޏެވެ.
މި ޕްރޮމޯޝަން މެއި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު ކޮންމެ ދުވަހަކު ފަސްހާސް ރުފިޔާ ލިބޭ ނަސީބުވެރި ފަރާތް ހޮވުން ކޮންމެ ދުވަހަކު ހެނދުނު 10:30 ގައި ސޮނީ ހާރޑްވެއަރ ޖަނަވަރީ މަގު ފިހާރާގައި ކުރިއަށްދާނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތުގެ މައުލޫމާތު ކޮންމެ ދުވަހަކު ވެސް ސޮނީ ހާރޑްވެއަރ ވެބްސައިޓް މެދުވެރިކޮށް އަދި ފޭސްބުކްޕޭޖް މެދުވެރިކޮށް އާންމުކުރާނެ ކަމަށް އެ ފަރާތުން ބުންޏެވެ.
ސޮނީ ހާރޑްވެއަރއަކީ ހާރޑްވެއަރ، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރު ޒީނަތްތެރިކުރުމަށް ބޭނުންކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖޭގައި ވިއްކުމާއި ސާރވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ލީޑިންގ ކުންފުންޏެކެވެ.