ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މޮޑަން ފަރުނީޗަރު ވިއްކަމުންދާ އަލޯރާ އިން 50-10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އަލޯރާގެ ސޭލްސް ރެޕްރެޒެންޓޭޓިވްއަކު ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބުނީ މި ޕްރޮމޯޝަން އަކީ އަލޯރާގައި ބާއްވާ އެންމެ ބޮޑު ޕްރޮމޯޝަން ކަމަށާއި މެއި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކު ވެސް ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާ ފަރާތްތަކަށް އިނާމެއް ދޭގޮތަށް ހަމަޖެހިފައިވާއިރު ގްރޭންޑް ޕްރައިޒްއެއްގެ ގޮތުން ސާޅީސް ތިން ހާސް ރުފިޔާގެ އަގު ހުރި އިނާމްތަކެއް ލިބިގެންދާނެ ކަމަށް އަލޯރާ އިން ވަނީ ބުނެފައެވެ. އަދި ގްރޭންޑް ޕްރައިޒްގެ ގުރު ނެގުން އޮންނާނީ ޕްރޮމޯޝަން ނިމޭ ދުވަހު ކަމަށް އަލޯރާ އިން ބުންޏެވެ.
ޕްރޮމޯޝަންގެ ދަށުން ހެޔޮ އަގެއްގައި ލިބިގެންދާ ބައެއް ސާމާނުތަކަކީ ބެޑްރޫމް ސެޓާއި، ބަދިގެ ސެޓާއި ސޯފާ ސެޓް ފަދަ ސާމާނުތަކެވެ.
މިކަހަލަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ ރޯދަ މަހާއި ދިމާކޮށް ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުން ކަމުގައި އެ ފަރާތުން ބުނެއެވެ.
އަލޯރާ އިން މި ޕްރޮމޯޝަން ފަށާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ.