މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކުރިމަތީގައި ހަދާފައިވާ މާގިރި ހޮޓެލް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ހޮޓަލަކީ ކްރައުން ކޮމްޕެނީ އާއި ލިލީ ހޮޓެލްސް ގުޅިގެން ތަރައްޤީކޮށްފައިވާ ތަނެކެވެ.
ނުވަ ބުރީގެ މި ހޮޓަލުގައި ހަތަރު ކެޓަގަރީއެއްގެ ޖުމްލަ 52 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި އެގްޒެކެޓިވް ހަ ކޮޓަރި އާއި ޖޫނިއާ ހަ ސުއިޓް އާއި ޕްރެމިއާ 20 ކޮޓަރީގެ އިތުރުން އޯޝަން ވިއު 20 ކޮޓަރި ހިމެނެއެވެ.
މާގިރި ހޮޓެލްގެ ފަރާތުން ބުނީ އެ ހޮޓެލްގައި 100 މީހުންގެ ޖާގައިގެ ރެސްޓޯރެންޓަކާއި 62 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެއް އަދި ކެފޭއަކާއި ކޮންފަރެންސް ހޯލަކާއި މީޓިން ރޫމެއްގެ އިތުރުން ފިޓްނަސް ސެންޓަރެއް ވެސް ހިމެނޭ ކަމަށެވެ.
ހަތަރު ތަރީގެ ހޮޓެލްގެ ކޮޓަރީގެ އަގު ފެށެނީ ރެއަކަށް 120 ޑޮލަރުގެ ރޭޓުންނެވެ.
މާގިރި ހޮޓެލް އިން އިތުރަށް ބުނީ އޭޕްރީލް 13 ވަނަ ދުވަހު އެ ހޮޓެލްގައި ދިވެހިންނަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދާނެ ކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން އެ ދުވަހުގެ ނާސްތާ އާއި މެންދުރު ކެއުން ހެޔޮ އަގެއްގައި ލިބިގެންދާނެ ކަމަށެވެ.
އެ ހޮޓަލްގެ ދެ މީޓިން ރޫމާއި ރެސްޓޯރެންޓްގެ އިތުރުން ޓެރަސް ވެސް އިވެންޓުތަކަށް ދޫކުރާނެ ކަމަށް މާގިރި ހޮޓެލް އިން ބުންޏެވެ.