ކ. މާލެ
|
12 އޭޕްރިލް 2018 | ބުރާސްފަތި 14:53
ބްލަންކް ޝޯރޫމް އިން ވިއްކާ ބައެއް ސާމާނު
ބްލަންކް ޝޯރޫމް އިން ވިއްކާ ބައެއް ސާމާނު
ރާއްޖެއެމްވީ
ބްލަންކް ޝޯރޫމް
ބްލަންކް ޝޯރޫމް ހުޅުވުމާ އެކު ހާއްސަ ޕްރޮމޯޝަނެއް!
ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަަލަށް
ވިޔަފާރިކުރާ ފަރާތްތަކަށް ކޫޕަނެއް ލިބިގެންދާނެ
އެއްވަނަ އިނާމަކަށް 15،000ރ. ގެ ވައުޗަރެއް ލިބޭނެ

ވެލިގާ ހާޑްވެއަރ އިން ފާޚާނާ އާއި ގޭތެރެ ޑިޒައިންކުރާ ސާމާނަށް ޚާއްސަ ކޮށްގެން އޭޕްރިލް 5 ވަނަ ދުވަހު ވަނީ ޝޯރޫމެއް ހުޅުވާފައެވެ. މި ޝޯރޫމް ހުޅުވުމާއި ދިމާކޮށް ވެލިގާ އިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ.

ވެލިގާގެ ފަރާތުން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެ ޝޯރޫމުން ވިޔަފާރި ކުރާ ފަރާތްތަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭއިރު، 500ރ. އިން މަތީގެ ވިޔަފާރި ކޮށްގެން ވަގުތުން ދޭ އިނާމުތަކާއި ވައުޗަރ ވެސް މި ޕްރޮމޯޝަންގައި ހިމެނޭ ކަމަށެވެ.

ވެލިގާ އިން އިތުރަށް ބުނީ ޕްރޮމޯޝަންގައި އެއްވަނަ އިނާމަކަށް 15،000ރ. ގެ ވައުޗަރެއް ދޭން ނިންމާފައިވާއިރު ދެވަނަ އިނާމަކީ 10،000ރ. ވައުޗަރއެކެވެ. އަދި ތިންވަނަ އިނާމަކަށް 5،000ރ. ގެ ވައުޗަރއެއް ކަމަށެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަަލަށެވެ. 

ބްލަންކްއަކީ ފާޚާނާ އަށް ބޭނުންވާ ސާމާނާއި ބަދިގެ އަދި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދޭ ބްރޭންޑެކެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ބްރޭންޑްތަކުގެ އިސްކުރާއި ޝަވަރާއި ފާޚާނާގެ ސާމާނާއި އެކި ޑިޒައިންތަކުގެ ލައިޓް ފަދަ އެތައް ޕްރޮޑަކްޓެއް އެ ޝޯރޫމުން ލިބެން ހުރެއެވެ.

އޭގެ ތެރޭގައި ވީއާރްއެޗް، މެޑްކާ، ޑަސް، ސްޓާ، ހޮއީ އަދި އޮސްލެޑާގެ އުފެއްދުންތައް ވެސް ހިމެނެއެވެ. ޝޯރޫމް ޑިޒައިން ކޮށްފައި ވަނީ ގެދޮރު ހެދުމަށާއި ގެސްޓް ހައުސް އަދި ރިސޯޓުތަކަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ފުރާޅެއްގެ ދަށުން ފަސޭހަ އިން ގަނެވޭ ގޮތަށެވެ.

ހާޑްވެއާގައި މިހާރު އެންމެ މަޝްހޫރު އެއް ވިޔަފާރި ކަމަށްވާ ވެލިގާއިން ތައިލެންޑުގެ ޕްރޮޑަކްޓްތަކަށް ހާއްސަ ފިހާރަ ހުޅުއްވައިދެއްވީ އެ ކުންފުނީގެ ފައުންޑަރު އަދި ޗެއާމަން މުހައްމަދު އަބޫބަކުރުއެވެ.

- ކޮމެންޓް