ޔެލޯ ސަބްމެރީން ހުޅުވާފައިވަނީ މީގެ ދެ މަސް ކުރިން ދިވެހިންގެ ރަހަތަކާއި ގުޅޭ އަމިއްލަ އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.
އެތަނުގެ ޑެލިވަރީ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ އޭޕްރިން ހަވަނަ ދުވަހުއެވެ.
ޔެލޯ ސަބްމެރީންގެ ޖެނެރަލް މޭނެޖަރ ހުސެއިން ރިޔާޒް ވިދާޅުވީ އެތަނުން ކާއެއްޗެހި ތައްޔާރު ކުރުމަށް ބޭނުން ކުރަނީ ތަނުން އަމިއްލައަށް އުފައްދާފައިވާ މަޔޮނައިޒް އާއި ގިތެޔޮ މިރުސް ސޯސް ކަމަށެވެ. އަދި އެތަނުގެ އަމާޒަކީ ދިވެހިންގެ ރަހަތަކާއި ގުޅޭގޮތަށް ކޮލެޓީ ރަނގަޅު މީރު އެއްޗެހި ކަސްޓަމަރުންނަށް ހަމައަށް ފޯރުކޮށްދިނުން ކަމުގައެވެ.
ޔެލޯ ސަބްމެރީންގެ އެންމެ ޑިމާންޑް ބޮޑު އެއްޗަކީ ވަޅޯމަސް ސްބްމެރީންއާ ބީފް ސަބްމެރީން އަދި ޗިކަން ސަބްމެރީނެވެ. މީގެ އިތުރުން ތަފާތު ބުއިންތައް ތަނުން ލިބިގެންދާނެއެވެ.
ޔެލޯ ސަބްމެރީން އިން އިތުރަށް ބުނީ އެތަނުން ވިއްކާ އެއްޗެހީގެ އަގު އެހެންތަންތަނާއި އަޅާ ބަލާއިރު ރަނގަޅުވާނެ ކަމަށެވެ. އަދި ޑެލިވަރީގެ ހިދުމަތް ހޯދުމަށް 7338844 ނަންބަރަށް ގުޅުމަށް އެފަރާތުން ވަނީ އެދިފައެވެ.
ކަސްޓަމަރުންގެ ޑިމާންޑް ބޮޑުވާކަމުގައިވާނަމަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ރިޔާޒް ބުންޏެވެ.
އެތަނުން ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭއިރު އިންހައުސް ޑައިނިންގެ ހިދުމަތްވެސް ލިބިގެންދާނެއެވެ.