ކ. މާލެ
|
10 އޭޕްރިލް 2018 | އަންގާރަ 10:48
ބްލެކް ޕެންތާ
ބްލެކް ޕެންތާ
ގެޓީ އިމޭޖަސް
ބްލެކް ޕެންތާ
ސައުދީގައި އަޅުވާ ފުރަތަމަ ފިލްމަށް ބްލެކް ޕެންތާ
މި ފިލްމު ސިނަމާތަކަށް އައިސްފައިވަނީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު

 ތިރީހަކަށް ވުރެ ގިނަ ދުވަސްތަކަށްފަހު ސައުދީގެ ފުރަތަމަ ސިނަމާ މިމަހުގެ 18 ގައި ހުޅުވާއިރު އެ ސިނަމާގައި ފުރަތަމަ އަޅުވާނީ މާވެލްގެ ސުޕަހީރޯ ފިލްމު ބްލެކް ޕެންތާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

އެމެރިކާގެ ފިލްމަކަށް މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމު ބްލެކްޕެންތާ ސިނަމާތަކަށް އައިސްފައިވަނީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގައެވެ.

ސައުދީ ސިނަމާގައި އަޅުވާ ފުރަތަމަ ފިލްމަށް ބްލެކް ޕެންތާ ވެފައިވާއިރު މިފިލްމު އެގައުމުގައި އެޅުވުމުން މިހާރު ލިބިފައިވާ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދާނެއެވެ.

މި ފިލްމަށް މިހާތަނަށް ލިބިފައިވާ އާމްދަނީ 1.29 ބިލިއަން ޑޮލަރަށް އަރާފައި ވާއިރު މިއީ ދުނިޔޭގައި އުފެއްދި އެންމެ ކާމިޔާބު ފިލްމުތަކުގެ 10 ވަނައިގައި މިހާރު އޮތް ފިލްމެވެ.

ސައުދީއިން ސިނަމާތަކުގައި ފިލްމު ދެއްކުން މަނާކޮށްފައިވަނީ 1980އިގެ ތެރޭގައެވެ. އެހެން ނަމަވެސް އެކަން ނިމުމަކަށް ގެނެސްފައި ވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ވިޝަން 2030 ގެ ދަށުން ސައުދީ އަރަބިއްޔާ އަށް ގެންނަމުންދާ ބަދަލު ތަކުގެ ދަށުންނެވެ. 2030 އާ ހަމައަށް ދެ ހާސް ސްކްރީން އާއެކު ތިން ސަތޭކަ ސިނަމާ ބިނާ ކުރަން ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ.

- ކޮމެންޓް