ކ. މާލެ
|
10 އޭޕްރިލް 2018 | އަންގާރަ 09:42
ތާޕްސީ(ކ) އަދި އަމީތާބް
ތާޕްސީ(ކ) އަދި އަމީތާބް
ޕިންޓްރެސްޓް
އަމީތާބާއި ތާޕްސީ
އަމީތާބާއި ތާޕްސީ އަނެއްކާވެސް އެކީގައި ފިލްމަކުން
އެދެމީހުން އެކީގައި ފެނިގެންދާނީ ސުޖޯއީ ގޯޝްގެ ފިލްމަކުން

މަޝްހޫރު ތަރި އަމީތާބް ބައްޗަން އާއި ތާޕްސީ ޕަންނޫ އެކުގައި އެންމެ ފުރަތަމަ ފެނިފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ނިކުތް ފިލްމު ޕިންކު އިންނެވެ.

އޭގެ ފަހުން އެދެތަރިން އެކީގައި ފެނިފައެއް ނުވެއެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި އަމީތާބާއި ތާޕްސީ ޕަންނޫ އަނެއްކާ ވެސް ފިލްމެއްގައި މަސައްކަތް ކުރުމަށް ސޮއިކޮށްފިއެވެ. ސޮއިކޮށްފައިވަނީ ސުޖޯއީ ގޯޝްގެ ފިލްމަކުން ކަމަށާއި ފިލްމުގެ ޝޫޓިން މިއަހަރުގެ މެދުތެރޭގައި ފަށާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އަމީތާބާއި ތާޕްސީ ކުޅެފައިވާ ފިލްމަކީ 2016 ވަނަ އަހަރުގައި ގިނަ އެވޯޑްތަކެއް ހާސިލް ކޮށްފައިވާ ފިލްމެކެވެ. އެގޮތުން ނެޝަނަލް ފިލްމު އެވޯޑްސް އިން ބެސްޓް ފިލްމު އޮން ސޯޝަލް އިޝޫޒް އަށް އެ ފިލްމު ވަނީ ހޮވިފައެވެ. ފިލްމު ފެއާ އެވޯޑްއިން ބެސްޓް ޑައިލޮގް އާއި ސްޓާ ސްކްރީން އެވޯޑްއިން ބެސްޓް ފިލްމުގެ މަގާމް އެފިލްމަށް ވަނީ ލިބިފައެވެ. އަދި ސްޓާ ސްކްރީން އެވޯޑް އިން ބެސްޓް ފިލްމު ، ބެސްޓް އެކްޓަރ، ބެސްޓް ޑައިލޮގް، ބެސްޓް އެޑިޓިން ވަނީ ލިބިފައެވެ. މީގެ އިތުރުން  ސްޓާ ޑަސްޓް އެވޯޑް އިން ބެސްޓް އެކްޓަރ އަދި ޒީ ސިނެ އެވޯޑް އިން ބެސްޓް ފިލްމު ،ބެސްޓް އެކްޓަރ އަދި ބެސްޓް ޑައިލޮގް އަށް 2016 ވަނަ އަހަރު އެ ފިލްމަށް ވަނީ ލިބިފައެވެ. ތާޕްސީއާއި އަމީތާބް ލީޑު ރޯލުން ފެނިގެން ދިޔަ ޕިންކު ވެފައިވަނީ އެ އަހަރު އެންމެ ގިނަ އެވޯޑް ގެންދިޔަ ފިލްމަށެވެ.

ތާޕްސީއާއި އަމީތާބް އެކުގައި ސުޖޯއީ ގޯޝްގެ ފިލްމަކުންފެންނައިރު  މި ފިލްމަކީ ކޮންކަހަލަ ވާހަކައެއް ކަމެއް ފިލްމުގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ. އެ ފިލްމު ވެގެންދާނީ ސުޖޯއީ ގޯޝްގެ ފިލްމަކުން ފުރަތަމަ ފަހަރަށް ތާޕްސީ ފެނިގެންދާނެ ފިލްމަށެވެ. އެހެން ނަމަވެސް އަމީތާބް ވަނީ ސުޖޯއީ ގޯޝްގެ ފިލްމަކުން މީގެ ކުރިން ފެނިގެން ގޮސްފައެވެ. އެއީ އަލާދީންއެވެ.

އަމީތާބް އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ މިއަހަރު ރިލީޒްކުރާ ފިލްމު  102ނޮޓް އައުޓް އިންނެވެ.

- ކޮމެންޓް