މެރާކީ އިން އެ ކުންފުނީގެ ކޮފީ އަމިއްލަ ބްރޭންޑެއް ގޮތަށް ރާއްޖޭގެ މާރކެޓަށް ތައާރަފުކޮށްފިއެވެ.
މެރާކީގެ ފައުންޑަރ މަބްރޫކް އަޒީޒް ވިދާޅުވީ އެ ކުންފުންޏަށް ތިން އަހަރު ފުރުމާއި ގުޅިގެން މެރާކީ ކޮފީ ބްރޭންޑެއްގެ ގޮތުގައި ރިސޯޓުތަކަށް ތައާރަފުކޮށްފައިވާ ކަމަށާއި ކޮފީ އާއި ގުޅުން ހުރި ގިނަ ޕްރޮޑަކްޓްތަކެއް މި އަހަރު މާރކެޓަށް ނެރޭނެކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ރަހަތަކާއި ގުޅޭގޮތަށް ކޮލެޓީ ރަނގަޅު މީރު ކޮފީ ފޯރުކޮށްދިނުން ކަމަށެވެ.
މެރާކީ އިން މިހާރުވެސް ދަނީ މާލޭގެ އެކި ކެފޭތަކަށް ކޮފީ ބީންސް ފޯރުކޮށްދެމުންނެވެ.
މެރާކީ ކެފޭ ކޮފީ ބުއިމަށް ހާއްސަ ކުރެވިފައިވާއިރު އެތަނުން އެހެން ބުއިންތައްވެސް ލިބެން ހުރެއެވެ.
މެރާކީ އިން މަސައްކަތް ކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެންނަ ކޮފީގެ ހުންނަ ތަފާތު ކަސްޓަމަރުންނަށް އަންގައިދީ އެ ކޮފީތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށެވެ.
މެރާކީ އަށް ތިން އަހަރު ފުރުމާއި ގުޅިގެން ކަސްޓަމަރުންނަށް ސައިޕްރައިޒް އިވެންޓްތަކެއް ރޭވިފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މީގެ އިތުރުން މި އަހަރު ލޯންޗުކުރުމަށް ހަމަޖެހިފައިވާ ޕްރޮޑަކްޓްތަކާއި ގުޅިގެން ކަސްޓަމަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.