ކ. މާލެ
|
6 އޭޕްރިލް 2018 | ހުކުރު 14:38
ވަކިން ލޯބިންގެ ޕޯސްޓަރ
ވަކިން ލޯބިންގެ ޕޯސްޓަރ
ފޭސްބުކް
ވަކިން ލޯބިންް
ވަކިން ލޯބިންގެ ވަދާއީ ޝޯ މިރޭ އޮލިމްޕަހުގައި
 
ޝޯގެ ޓިކެޓް ދަނީ ވިއްކަމުން

ޑާކް ރެއިން އެންޓަރޓެއިންމަންޓް އިން މި އަހަރު ފުރަތަމަ ރިލީޒް ކުރާ ފިލްމު، 'ވަކިން ލޯބިން'ގެ ވަދާއީ ޝޯ ހުކުރު ދުވަހުގެރޭ (މިރޭ) އޮލިމްޕަހުގައި ދައްކާނެއެވެ.

މިރޭ އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވާއިރު ޝޯގެ ޓިކެޓް ދަނީ ވިއްކަމުންނެވެ.

މި ފިލްމުގެ ލީޑު ދެ ކެރެކްޓަރގެ ރޯލުން ފެނިގެންދަނީ ޑާކްރެއިން އެންޓަރޓެއިންމަންޓްގެ އެންމެ މަޤުބޫލު ޖޯޑު ކަމުގައިވާ މުޙައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދެއެވެ.
އައިޝަތު ފުއާދު ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭކޭ ވެސް އެއްގޮތަށް މި ފިލްމުގެ ވިޒުއަލް އިފެކްޓްސް ހަދާފައި ވަނީ އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައި ވަނީ މުޙައްމަދު އިކްރާމްއެވެ.

'ވަކިން ލޯބިން'ގެ ފަހު ޝޯ މިރޭ އޮލިމްޕަހުގައި ދައްކާއިރު ޑާކްރެއިން އެންޓަޓައިންމަންޓުން ކުރިން ނެރެފައިވާ ދެފިލްމު ކަމަށްވާ 'ވާށޭ މަށާއެކީ' އަދި 'މިއީ ލޯތްބަކީ' ވެސް މިމަހުގައި ވަނީ އަޅުވަން ނިންމާފައެވެ. އެގޮތުން ވާށޭ މަށާ އެކީ މި މަހު 12 ގައި ދައްކަން ހަމަޖެހިފައިވާއިރު މިއީ ލޯތްބަކީ ދައްކާނީ މި މަހު 13 ގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އީރާންގެ ދެމިއޮތުމަށް ނުރައްކާ ކުރާނަމަ ނިއުކްލިއަރ ހަތިޔާރު އުފައްދާނަން: އީރާން
އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން
އެމެރިކާގައި އުފައްދާ ބޮން އިޒްރޭލް ސިފައިން ފަލަސްތީނުގެ އާއްމުންނަށް އަމާޒުކޮށް ބޭނުން ކުރި ކަމަށް އެމެރިކާގެ ރައީސް އެއްބަސްވެވަޑައިގެންފި
ބާކީ ހުރި ބަތްކޮޅަށް ގޮތެއް ހެދުމުގެ ކުރިން މި ކިޔާލަބަލަ!
ފައިސާ ދެއްކުމުގައި ސަމާލުވޭ، ހުއްދަ ނެތް ގްރޫޕްތަކުން އުމްރާއަށް މީހުން ގެންދަނީ ''ސައޫދީ ޓުއަރ''ގެ ނަމުގައި
ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު
މޮރޮކަން ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި