ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 05:58
ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ(ވ) އަދި ރައީސް މައިތިރިޕާލާ ސިރިސެނާ
ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ(ވ) އަދި ރައީސް މައިތިރިޕާލާ ސިރިސެނާ
ގޫގުލް
ސްރީ ލަންކާ
ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލްގެ އިތުބާރު ނެތްކަމަށް ފާހެއް ނުވި
އިތުބާރު ނެތްކަމަށް 76 ވޯޓް
މިހާރު އޮތް ސަރުކާރު ކުރިޔަށްދާނެ: ބޮޑުވަޒީރު

ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތް ކަމަަށް ބުދަ ދުވަހުގެ ރޭ ނެގި ވޯޓް އެ މަނިކުފާނު ކާމިޔާބު ކުރައްވައިފިއެވެ.

ބުދަ ދުވަހުގެ ހެނދުނުން ފެށިގެން ބަހުސް ކުރެވިގެން ދިޔަ މައްސަލައިގައި ސަތޭކަ ބާވީސް މެމްބަރަކު ވަނީ މައްސަލައާއި ދެކޮޅަށް ވޯޓް ދެއްވާފައެވެ. އިތުބާރު ނެތް ކަމަށް ފާސްކުރުމަށް 76 މެމްބަރަކު ވޯޯޓްދެއްވިއިރު ވޯޓަށް އެހި ވަގުތު 26 މެމްބަަރަކު ހާޒިރުވެ ވަޑައިގެން ނެތެވެ.

ވޯޓަށްފަހު ކުޑަވަގުތުކޮޅެއްގެ ތެރޭ މީޑިއާއާއި ބައްދަލުކުރައްވައި ބޮޑުވަޒީރު ރަނިލް ވިދާޅުވީ މިހާރު އޮތް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު އެ ސަރުކާރުގައި ތިއްބެވި ފަރާތްތަކާއިއެކު ކުރިޔަށްދާނެ ކަމަށެވެ.

"ބައެއް މެމްބަރުން އަޅުގަނޑުމެންނަށް ގެެއްލިއްޖެ، އެކަމަކު އަޅުގަނޑުމެންނާއިއެކު ތިއްބެވި މެމްބަރުންނާއިއެކު ސަރުކާރު ކުރިޔަށްދާނެ" ރަނިލް ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިދާޅުުވީ ހުކުރު ދުވަހު ރައީސް މައިތިރިޕާލާ ސިރިސެނާއާއި ބައްދަލުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ބޮޑުވަޒީރުވަނީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ އަލުން ތަރުތީބު ކުރެވި 2015ގައި ވީ ވައުދުތައް ފުއްދެވުމުގެ މަަސައްކަތް ފަށައިގަންނާނެ ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަދި މިހާރު ގާނޫނުހަދާ މަޖިލީހުގެ މެމްބަރު މަހިދަ ރާޖަޕަކްސަ ވިދާޅުވީ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ނެގި ވޯޓްގައި ބަލިވުމަކީވެސް ކާމިޔާބެއްކަމަށެވެ.

ގާނޫނު ހަދާ މަޖިލިހުގެ ޗެމްބަރުގެ ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރާޖަޕަކްސަ ވިދާޅުވީ ސްރީ ލަންކަން ފްރީޑަމް ޕާޓީ(އެސްއެލްއެފްޕީ)ގެ މެމްބަރުން ރަނިލްގެ އިތުބާރު ނެތް ކަމަށް ވޯޓްދެއްވިނަމަ ނަތީޖާ ބަދަލުވީސް ކަމަށެވެ.

- ކޮމެންޓް