ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 18:02
އެސްޓާސްގެ ރޯދަ ޕްރޮމޯޝަން
އެސްޓާސްގެ ރޯދަ ޕްރޮމޯޝަން
ސިމާހާ ނަސީމް
އެސްޓާސްގެ ރޯދަ ޕްރޮމޯޝަން
އެސްޓާސްގެ ރޯދަ ޕްރޮމޯޝަން މިފަހަރު ވަރަށް ސަޅި!
ޕްރޮމޯޝަން ކުރިއަށްދާނީ ރޯދަ މަހުގެ ނިޔަލަށް
ވަރަށް ހެޔޮ އަގެއްގައި ވިއްކާ ހުރިހާ ޕްރޮޑަކްޓެއްވެސް ލިބިގެންދާ

ރޯދަ މަސް ފެށެން ގާތްވުމާއެކު ގިނަ ތަންތަނުން އަންނަނީ ރޯދަ ޕްރޮމޯޝަންތައް ބާއްވަމުންނެވެ. އެގޮތުން އެސްޓާސް އިންވެސް ވަނީ ރޯދަ ޕްރޮމޯޝަން ފަށާފައެވެ.

އެސްޓާސްގެ ރޯދަ ޕްރޮމޯޝަން ފަށާފައިވަނީ އެހެންތަންނާ ތަފާތުކޮށް ވަރަށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް އެ ތަނުން ވިއްކާ ހުރިހާ ޕްރޮޑަކްޓެއްވެސް ލިބިގެންދާ ގޮތަށެވެ.

އެސްޓާސްގެ މާރކެޓިންގް މެނޭޖަރ މުހައްމަދު އަސްލަމް ވިދާޅުވީ ސޭލްގެ މަޤްސަދަކީ ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ތަކެތި ފޯރުކޮށްދިނުން ކަމަށާއި ކުރީ އަހަރުތަކާއި ހިލާފަށް މިއަހަރު ސަޕްލަޔަރުންނާއެކު މަޝްވަރާކޮށް ޕްރޮޑަކްޓުތައް އެންމެ ކުޑަ އަގުގައި ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ސޭލްގެ ދަށުން އަގު ހެޔޮކޮށް ލިބިގެންދާ ބައެއް ތަކެއްޗަކީ ޓީވީ، އޭސީ، އައިސްއަލަމާރި، ޑައިނިންގް ސެޓް، ސޯފާއެވެ. އެސްޓާސް އިން އިތުރަށް ބުނީ ސޭލްގެ ދަށުން ޑައިނިންގް ސެޓް 1777-2999 ދެމެދުގެ އަގެއްގައި ލިބިގެންދާނެ ކަމަށާއި ސޯފާ ސެޓްވެސް 999 ރުފިޔާ އިން މަތީގެ އަގުތަކެއްގައި ލިބިގެންދާނެ ކަމަށް އެސްޓާސް އިން ބުންޏެވެ. އަދި ދޮންނަ މެޝިން 1777 ރުފިޔާއަށް ވުރެން މަތީގެ އަގެއްގައި ލިބިގެންދާއިރު އެންޑްރޮއިޑް ޓީވީ، އަލްޓްރާ ހައިޑެފިނީޝަން 62 އިންޗީގެ ޓިވީއެއް 16،999 ރުފިޔާއަށް ލިބިގެންދާނެއެވެ.

މި ސޭލް މާރޗް 27 ވަނަ ދުވަހު ފަށާފައިވާއިރު ރޯދަ މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެސްޓާސް އިން ބުންޏެވެ.

އެސްޓާސް އިން އިތުރަށް ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ހެޔޮ އަގެއްގައި ކޮލެޓީ ރަނގަޅު ޕްރޮޑަކްޓްސްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

 

 

     

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް