ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 11:16
ބޮޑުވަޒީރު ރަނިލް އިސްތިއުފާ ދެއްވުމަށް އެސްއެލްއެފްޕީން ކުރިން ވަނީ ގޮވާލާފައި
ބޮޑުވަޒީރު ރަނިލް އިސްތިއުފާ ދެއްވުމަށް އެސްއެލްއެފްޕީން ކުރިން ވަނީ ގޮވާލާފައި
ގޫގުލް
ރަނިލްގެ އިތުބާރުނެތް މައްސަލަ
ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ: ސްރީލަންކާ ފްރީޑަމްޕާޓީން ވަކިކޮޅަކަށް ވޯޓް ނުދޭން ނިންމައިފި
އެސްއެލްއެފްޕީގެ ޕާލިމެންޓްރީ ގްރޫޕްގެ 42 މެމްބަރުން ކުރިން ވަނީ ރަނިލް އިސްތިއުފާ ދެއްވަން އެދިވަޑައިގެންފައި

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަގެ އިތުބާރު ނެތްކަމުގެ ވޯޓްގެ މައްސަލައިގައި، ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްފްޕީ)ގެ މެމްބަރުން ވަކިކޮޅަކަށް ވޯޓް ނުދޭން ނިންމައިފި ކަމަށް ނޭޝަނަލް އިންޓަރގްރޭޝަން އެންޑް ރީކޮންސިލިއޭޝަން ސްޓޭޓް މިނިސްޓަރ އޭ.އެޗް.އެމް ފައުޒީ ވިދާޅުވެއްޖެއެވެ.

އެސްއެލްފްޕީގެ މެމްބަރުން މިހެން ނިންމެވީ ހުރިހާ މަޖިލިސް މެމްބަރުން އެއް ގޮތެއް ޚިޔާރުކުރެއްވުމަށް ރައީސް މައިތިރިޕާލާ ސިރިސެނާ އެދިވަޑައިގެންނެވި ކަމަށް އެ ގައުމުގެ ވޮކޭޝަނަލް ޓްރެއިނިނިގް މިނިސްޓަރ ޗަންދިމާ ވީރަކޮޑީ އަންގާރަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ އެސްއެލްފްޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވަޒީރުންނާ އެކު ދަންވަރު ބައްދަލުވުމެއް ބާއްވަވައި މި މައްސަލައިގައި މަޝްވަރާ ކުރައްވާފައެވެ.

"ރައީސް މެމްބަރުންގެ ގާތުގައި ވިދާޅުވީ ވަކިވަކި މެމްބަރުންގެ ނިންމެއްގެ ބަދަލުގައި ޕާޓީއެއްގެ ގޮތުގައި ނިންމުން ނިންމުމަށް" އޭނާ ވިދާޅުވިއެވެ.

ބުދަ ދުވަހު ނެގުމަށް ނިންމާފައިވާ އިތުބާރު ނެތްކަމުގެ ވޯޓްގެ ކުރިން ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އިސްތިއުފާދެއްވުމަށް ދެންނެވުމަށް އެސްއެލްފްޕީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕqގެ އިއްތިފާގުން ހޯމަ ދުވަހު ހަވީރުވަނީ ނިންމާފައެވެ.

ސްޓޭޓް މިނިސްޓަރ ލަކްޝްމަން ޔަޕާ އަބޭވަރްދަނަ ވިދާޅުވެފައި ވަނީ ރަނިލް އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވައިފިނަަމަ އެސްއެލްއެފްޕީގެ ޕާލިމެންޓްރީ ގްރޫޕް އެކުގައި ރަނިލްއާ ދެކޮޅަށް ވޯޓްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް އާއި ސަރުކާރު އިތުރު ދަތިކަމަކަށް ގެންދިއުމަށް ވުރެ ބޮޑުވަޒީރު ރަނިލްއަށް ރަގަޅުވާނީ އިސްތިއުފާ ދެއްވުން ކަމަށެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް