ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 05:32
ހަމަލާއާއި ގުޅިގެން ޔޫޓިއުބް އޮފީސް ކައިރިއަށް ފުލުހުން ޖަމާވެފައި
ހަމަލާއާއި ގުޅިގެން ޔޫޓިއުބް އޮފީސް ކައިރިއަށް ފުލުހުން ޖަމާވެފައި
ރޮއިޓަރސް
ޔޫޓިއުބް ހެޑްކުއާޓަރަށް ހަމަލާ
ޔޫޓިއުބްގެ މައި އޮފީހަށް ބަޑި ހިފައިގެން ވަތް އަންހެނަކު ޙަމަލާދީފި
ޙަމަލާދިން މީހާ ވަނީ މަރުވެފައި

ދުނިޔޭގެ އެންމެ ބޮޑު ވީޑިއޯ ސްޓްރީމިންގ ވެބްސައިޓް ޔޫޓިއުބްގެ މައި އޮފީހަށް ބަޑި ހިފައިގެން ވަތް އަންހެނަކު ޙަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ ކެލިފޯނިއާގެ ސެން ބްރޫނޯގައި ހުންނަ ޔޫޓިއުބްގެ މައި އޮފީހަށް ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި، އެހަމަލާ އާއި ގުޅިގެން ކެލިފޯނިއާގެ ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވަމުން ދިޔަ ކަމަށް އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އޮފިޝަލުން ވަނީ އެމެރިކާގެ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. އަދި ޙަމަލާދިން އަންހެން މީހާ އަމިއްލަ ގަޔަށް ބަޑިޖަހައިގެން މަރުވެފައިވާކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ޙަމަލާ ދީފައިވާކަން ޔޫޓިއުބްގެ ބެލެނިވެރި ކުންފުނި ކަމަށްވާ ގޫގްލްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ގޫގްލްއިން ކުރި ޓްވީޓެއްގައި ބުނީ ޔޫޓިއުބް މައި އޮފީސް ހުންނަ އެކުވެނީގައި ހުރި އިމާރާތްތަކުން ސަލާމަތްތެރިކަމާއިއެކު މީހުން ހުސްކުރުމުގެ މަސައްކަތް ގޫގްލްގެ ސެކިއުރިޓީ ބަލަހައްޓާ އޮފިޝަލުންނާއި ކެލިފޯނިއާގެ ސްޓޭޓް އޮފިޝަލުން ގުޅިގެން ކުރަމުންދާކަމަށެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ބަޑީގެ ވަޒަން އެރުމުގެ ސަބަބުން ޔޫޓިއުބްގެ ބައެއް މުވައްޒަފުންނަށް އަނިޔާވެފައިވާއިރު، ސަލާމަތްވާން އިމާރާތްތަކުން ނިކުމެގެން ދުވުމުގެ ތެރޭގައިވެސް ބައެއް މީހުންނަށް އަނިޔާވެފައިވެއެވެ. 

ސެން ފްރެންސިސްކޯގެ ދެކުނުން އޮންނަ ސެން ބްރޫނޯގައި ހުންނަ ޔޫޓިއުބްގެ މައި އޮފީސް ސަރަހައްދުގައި ގިނަ އަދަދަކަށް ފުލުހުންނާއި ފަރސްޓް ރެސްޕޮންޑާރސް ހަރަކާތްތެރިވަމުން އަންނައިރު، އެސަރަހައްދަށް އާއްމުން ނައުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ. 

ޔޫޓިއުބް މައި އޮފީހުގައި 1700 އެއްހާ މުވައްޒަފުން މަސައްކަތްކުރެއެވެ.

މިމައްސަލަ ތަހުޤީޤުކުރުމަށް އެފްބީއާއި އޭޓީއެފް އިން ފުލުހުންނަށް އެހީތެރިވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް