ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 13:52
އެމެރިކާ އިން ޗައިނާއަށް 3 ބިލިއަން ޑޮލަރުގެ މުދާ އެތެރެކުރޭ
އެމެރިކާ އިން ޗައިނާއަށް 3 ބިލިއަން ޑޮލަރުގެ މުދާ އެތެރެކުރޭ
ސީއެންބީސީ
އެމެރިކާ-ޗައިނާ
އެމެރިކާ އިން އެތެރެކުރާ މުދަލުން ޓެރިފް ނަގަން ޗައިނާ އިން ނިންމުމުން ވައިޓް ހައުސް އިން ފާޑުކިޔައިފި
ޑިއުޓީ ނަގާ ބާވަތްތަކުގެ ތެރޭ ރަލާއި އޫރުމަސް ހިމެނޭ
އެންމެ މަތިން ނަގާނީ %25

އެމެރިކާގެ ކިބައިން ބަދަލު ހިފުމަށް، އެމެރިކާއިން ޗައިނާއަށް އެތެރެކުރާ މުދަލުން ޑިއުޓީ ނަގަން ޗައިނާ އިން ނިންމުމުން ވައިޓް ހައުސް އިން ފާޑުކިޔައިފިއެވެ.

ބެއިޖިންއިން ވަނީ އޫރު މަހާއި ރަލުގެ ބާވަތްތައް ހިމެނޭ ގޮތުން އެމެރިކާއިން އެތެރެކުރާ 128 ބާވަތަކުން ޑިއުޓީ ނަގަން ނިންމާފައެވެ.

ޗައިނާއިން އެމެރިކާއަށް އެތެރެކުރާ އެކަތައިގެ ބާވަތްތަކުން ޑިއުޓީ ނަގަން ނިންމުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އެމެރިކާއިން ޗައިނާއަށް އެތެރެކުރާ މުދަލުން ޑިއުޓީނަގަން ނިންމާފައި ވާގޮތުން ޑިއުޓީ ނަގާނެ އެންމެ މަތީ އަދަދަކީ 25 އިންސައްތައެވެ.

ޗައިނާ އިން ބުނީ މި ފިޔަވަޅުގެ ބޭނުމަކީ އެމެރިކާ އިން ތައާރަފްކުރި ޓެރިފާ އެކު ހަމަހަމަކަން ގެއްލުމުން އެ ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ.

ދެ ގައުމުގެ ވިޔަފާރީގެ ހަނގުރާމަ ހޫނު ވުމާ އެކު އެމެރިކާ އާއި އޭޝިއާގެ ހިއްސާގެ ބާޒާރުވަނީ ދަށްވެފައެވެ.

ވޯލް ސްޓްރީޓްގައި، އެސްއެންޑްޕީ 500 ގެ އިންޑެކްސް 2.2 އިންސައްތަ ދަށަށް ގޮސްފައިވާއިރު ޑޯ ޖޯންސް އިންޑަސްޓްރިއަލް އެވްރެޖްގެ ހިއްސާގެ އަގުވަނީ 1.9 އިންސައްތަ ދަށަށް ގޮސްފައެވެ.

އޭޝިއާއަށް ބަލާއިރު ޖަޕާނުގެ ނިކެއި 225 ވަނީ އަންގާރަ ދުވަހު ގާތްގަނޑަކަށް 1.5 އިންސައްތަ ދަށަށް ގޮސްފައެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ވަނީ ބެއިޖިން އިން "ދުނިޔޭގެ ބާޒާރު ފާލުން ނައްޓުވައިފި" ކަމަށް ތުހުމަތު ކޮށްފައެވެ.

އެމެރިކާއަށް އެތެރެކުރާ އެކަތަ އާއި އެލްމެނިއަމުން ޑިއުޓީ ނަގަން ނިންމިކަން އެ ގައުމުން އިއުލާނުކުރީ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ. އެމެރިކާ އިން ބުނީ އެ ނިންމުމަކީ އެ ގައުމުގައި އެކަތަ އާއި އެލްމެނިއަމް އުފައްދާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ކޮންމެހެން މުހިއްމު ފިޔަވަޅެއް ކަމަށެވެ.

 ޗައިނާ އިން ވަނީ ބަދަލު ހިފުމުގެ ގޮތުން އެމެރިކާއިން އެ ގައުމަށް އެތެރެކުރާ ތިން ބިލިއަން ޑޮލަރުގެ އިމްޕޯޓަށް ހޯމަ ދުވަހުން ފެށިގެން ޓެކްސް ނަގަން ނިންމާފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް