ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާގެ ސަލާމަތީ ކަންކަން އެންމެ ވަރުގަދަ ޖަލަކުން ދެ ގައިދީއަކު ޖަލުގާޑަށް ބަނގުރާދީ މަސްތު ކުރުވުމަށް ފަހު އިތުރު ރާ ގަނެދޭން ކަމަށް ވިސްނައިދިނުމަށް ފަހު ފިލައިފިއެވެ.
ދެ ގައިދީން އަނބުރާ ޖަލަށް ގޮސްފައި ނުވާއިރު ފުލުހުން ގެންދަނީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ލަ ޕިކޯޓާގެ ޖަލުގައި އެ ގާޑާ އެކު މަސައްކަތްކުރާ މީހުން ބުނި ގޮތުގައި އޭނާ ނޭވާލާއިރު ބަނގުރާ ވަސް ދުވާއިރު ބަނގުރާ ބޭނުންކޮށްފައި ވޭތޯ ބެލުމަށް އޭނާ ދެކޮޅުހަދައެވެ.
ޕްރިޒަން ޑިރެކްޓަރ ވިދާޅުވީ ޖަލަށް ބަނގުރާ ވައްދައިތޯ ބެލުމަށް އާއްމުކޮށް ޗެކް ކުރަމުން ދިޔަ ނަމަވެސް ޖަލުގައި ބަނގަރު ކައްކައިގެން ބޭނުންކުރުން ޢާއްމު ކަމަށެވެ.
ޖަލުން ފިލާފައިވާ ދެ ގައިދީންނަކީ ކޮލަމްބިއާގެ ފާކްއަށް ނިސްބަތްވާ ދެ މީހުންނެވެ. އެކަކީ 2003 ވަނަ އަހަރު ހިންގި ކިޑްނޭޕް ކުރުމުގެ މައްސަލައެއްގައި 40 އަހަރުގެ ޖަލުހު ކުމެއްގައި ހުރި މީހެކެވެ. ދެވަނަ މީހަކީ ފާކް ޖަމާއަތުގެ ހަރަކާތްތަކުން ދާދި ފަހުން ވަކިކުރެވިފައިވާ މީހެއްކަ މަށްވާއިރު އޭނާއަކީ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހުރި މީހެކެވެ.
ޖަލާ ބެހޭ އިދާރާއިން ބުނެފައި ވާގޮތުގައި ޖަލުގެ ގޭޓަށް ނުވަތަ ޖަލުގެ އިމާރާތަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާއިރު ދެ ގައިދީން ފިލާފައި ވަނީ ޖަލުގެ ގާޑާ ގުޅިގެންނެވެ.