ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 08:57
ވިނީ މަޝްހޫރުވެފައި ވަނީ މަދަރ އޮފް ދި ނޭޝަންގެ ގޮތުގައި
ވިނީ މަޝްހޫރުވެފައި ވަނީ މަދަރ އޮފް ދި ނޭޝަންގެ ގޮތުގައި
ބީބީސީ
ވިނީ މަންޑޭލާ
ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތްކުރެއްވި ވިނީ މަންޑޭލާ 81 އަހަރުފުޅުގައި އަވަހާރަވެއްޖެ
މަންޑޭލާއާ ކައިވެނި ބައްލަވައިގަތީ 1950ގައި
ކައިވެންޏަށް ދެ ބޭފުޅުން ލިބިވަޑައިގެންނެވި

ދެކުނު އެފްރިކާގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތްކުރެއްވި އަދި ކުރީގެ ފަސްޓް ލޭޑީ ވިނީ މަޑިކިޒެލާ-މަންޑޭލާ އުމުުރުފުޅުން 81 އަހަރުފުޅުގައި އަވަހާރަވެއްޖެއެވެ.

ވިނީ އާއި އެކަމަނާގެ ކުރީގެ ފިރިކަލުން ނެލްސަން މަންޑޭލާއާ ދެ ބޭފުޅުން ވެސް ޖަލުބަންދުގައި އުޅުއްވާފައިވާއިރު އެ ދެބޭފުޅުންނަކީ ދެކުނު އެފްރިކާ އިން ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރި ހަނގުރާމައިގެ ރަމްޒެކެވެ.

އާއިލާގެ ތަރުޖަމާނު ވިކްޓަރ ލަމީނީ ބުނީ އެކަމަނާ އަވަހާރަވީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައިި، އާއިލާ އާއި ގާތް މީހުންގެ ހާޒިރުގައި ކަމަށެވެ. މި އަހަރު ފެށުނު ފަހުން އެކަމަނާގެ ބަލިހާލަތު ހުރި ގޮތުން ދޭތެރެ ދޭތެރެ އިން ހޮސްޕިޓަލަށް ގެންދެވެއެވެ.

ވިނީ އަވަހާރަވި ޚަބަރާ އެކު އެކަމަނާއަށް ތާއީދުކުރާ އެތައް ބަޔަކު ބަނީ ޖޮހަނެސްބަރގްގައި ހުންނަ އެކަމަނާގެ ގެކޮޅަށް ޖަމާވެފައެވެ.

ވިނީ އުފަންވެ ވަޑައިގެންފައި ވަނީ 1936 ވަނަ އަހަަރު އީސްޓަރން ކޭޕްގައެވެ.

އެކަމަނާއަކީ ތަމްރީނު ލިބިވަޑައިގެން ހުންނެވި އިޖުތިމާއީ ޚިދުމަތްތެރިއެކެވެ. 1950 ގައި މަންޑޭލާއާ ކައިވެނި ބައްލަވައިގެންފައިވާއިރު ދެ ބޭފުޅުންނަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

މަންޑޭލާއާ ކައިވެނި ބައްލަވައިގެން 38 އަަހަރު ހޭދަކުރެއްވިއިރު މަންޑޭލާ ޖަލު ބަންދުގައި ހުންނަވަން ޖެހިވަޑައިގަތުމުން އޭގެ ތެރެއިން 30 އަކަށް އަހަރު އެކަމަނާ ހޭދަކުރެއްވީ ފިރިކަލުންނާ ވަކިންނެވެ.

މަންޑޭލާ އުމުރަށް ޖަލަށް ލެވުމުން، ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރެވުނު މަސައްކަތުގައި ބެޓަން ހިއްޕެވީ އެކަމަނާއެވެ. އިންސާފާއި ހަމަހަމަކަމަށް ގޮވާލައި ކުރެވުނު މަސައްކަތާ ގުޅިގެން އެކަމަނާ ވެސް ޖަލަށް ގެންދެވުނެވެ.

އެކަަމަނާއަށް ތާއީދުކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި އެކަމަނާއަކީ "ގައުމުގެ މަންމަ" އެވެ.

ގާނޫނީ މައްސަލަތަކާއި ސިިޔާސީ ކަންކަމާ ގުޅިގެން ފަހަކަށް އައިސް ވަނީ އެކަމަނާއާ މެދު ދެކޭ ގޮތް ބަދަލުވެފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް